ads
އެންޑުރޫ---
ކޮވިޑް-19 ޖެހިގެން އެކްޓަރު އެންޑްރޫ މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން ހޮލީވުޑުގެ އެކްޓަރު އެންޑްރޫ ޖެކް މަރުވެއްޖެއެވެ.

އުމުރުން 76 އަހަރުގެ އެންޑުރޫ މަރުވެފައިވަނީ ކޮވިޑް-19 ޖެހުނުތާ ދެ ދުވަސް ފަހުން ކަމަށް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ. އަދި އޭނާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ. 

އެންޑުރޫގެ ޖަނާޒާގައި އޭނާގެ އަންހެނުންނަށް ބައިވެރި ނުވެއެވެ. އޭނާގެ އަންހެނުންނަށް ޖަނާޒާގައި ބައިވެރި ނުވެވުނީ މިވަގުތު އޭނާ ކަރަންޓީނުގައި ހުރުމުގެ ސަބަބުންނެވެ.

ސްޓާ ވޯސް އިން ފެނިގެންދިޔަ އެންޑުރޫ ވަނީ 80 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް