ads
ދަރަވަންދޫ އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސާފައި-- ފޮޓޯ: އޭދަފުށި ޓައިމްސް
ތިން އެއާޕޯޓެއް ހަވީރު 6 ގައި ބަންދުކުރަނީ
ކޮރޯނާ ވައިރަހާ ގުޅިގެން ފްލައިޓުތަކުގެ ހަރަކާތްތައް މަދުކޮށް ހަމައެކަނި ދުވާލުގެ ވަގުތުތަކަށް ބަދަލުކޮށްފައިވާތީ، ތިން އެއާޕޯޓެއްގެ 24 ގަޑިއިރުގެ އޮޕަރޭޝަން ހުއްޓާލަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ހިންގާ އެއާޕޯޓްތަކުގެ ތެރެއިން 24 ގަޑިއިރު ހިދުމަތް ދެމުންގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކާނޑެއްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓުން ހިދުމަތް ދެމުން އަންނަ ގަޑިތަކަށް ބަދަލު ގެނެސްފައާކަމަށެވެ.

މިނިސްޓްރީން ބުނީ މި ތިން އެއާޕޯޓުން ވެސް ދެން ހިދުމަތް ދެމުންދާނީ ހެނދުނު 6:00 އިން ހަވީރު 18:00 އަށް ކަމަށެވެ. 

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި އެގޮތަށް ނިންމި ނަމަވެސް މެޑިކަލް އިވަކުއޭޝަން ފަދަ ހާއްސަ ހާލަތެއްގައި މެދުވެރިވެއްޖެނަމަ ރޭގަނޑުވެސް ފްލައިޓް ބާއްވާނެ އެވެ. 

އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ 3 ގަޑިއިރު ކުރިން އެ މަޢުލޫމާތު އެއާލައިން އޮޕަރޭޓަރުގެ ފަރާތުން އެއާޕޯޓަށް އެންގެމުން ފްލައިޓް ހަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

ކޮވިޑް-19 އާ ގުޅިގެން އެތެރޭގެ އުދުހުންތައް ވެސް މަދުކޮށްފައިވާއިރު އިންޓަނޭޝަނަލް ފްލައިޓްތައް ވެސް އައުން ހުއްޓި ކުރިން ބާރުބޮޑުވެފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ފަޅުކަމެއް ގެނުވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް