ads
ކެޓްރީނާ---
ކެޓްރީނާއަށް އައި ބަދަލުތައް ކަމުދޭތަ؟
ބޮލީވުޑުގެ އެކްޓަރެސް ކެޓްރީނާ ކައިފަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ކެޓްރީނާ އޭނާގެ ކެރިއާ ފަށާފައިވަނީ މޮޑެލިން އިންނެވެ.

ބޮލީވުޑަށް އޭނާ ތައާރަފްވީ 2003 ވަނަ އަހަރު ނެރެނު ފިލްމު "ބޫމް" އިންނެވެ. ނަމަވެސް އެފިލްމުން ގިނަ ބަޔަކު އޭނާ ބަލައެއް ނުގަތެވެ.

އެއަށްފަހު އޭނާ ދެން ފެނިގެންދިޔައީ ޑޭވިޑް ދަވަންގެ ފިލްމު "މޭނޭ ޕިޔާރް ކިޔުން ކިޔާ" އިންނެވެ. އެފިލްމުން ގިނަ ބަޔަކަށް އޭނާ ކަމުދިޔައެވެ. އެފިލްމަށް ފަހު ގިނަ ފިލްމުތަކުން އޭނާއަށް ފުރުސަތު ލިބެން ފެށިއެވެ.

ގިނަ ކާމިޔާބު ފިލްމުތަކުގައި ކެޓްރީނާ މަސައްކަތްކޮށްފައިވާއިރު އޭނާއަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މޫނަށް ވެސް ބޮޑު ބަދަލެއް އައިސްފައިވެއެވެ.

އޭގެ އިތުރުން ހިންދީ އިން ވާހަކަ ދައްކަން ވެސް ކުރިއަށް ވުރެ މިހާރު ރަނގަޅެވެ.

ކެޓްރީނާ މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޒީރޯ" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ދޫމް 3" އާއި "ޖަބް ތަކް ހޭ ޖާން" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ. 

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ބާރަތު" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސޫރްޔަވަންޝީ" އިންނެވެ. އެފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ އަކްޝޭ ކުމާރެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް