ads
ފެނަކައިގެ މުވައްޒަފުން މަސައްކަތުގައި---ފޮޓޯ:ފެނަކަ
ކޮވިޑް-19 އާ ގުޅިގެން ކުރާ މަސައްކަތްތަކުގައި އިސްކޮށް ފެނަކައިގެ މުވައްޒަފުން
ކޮވިޑް-19 އާ ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ކުރާ ހާއްސަ މަސައްކަތްތަކުގައި ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ އަމަލީގޮތުން ބައިވެރި ވަމުންނެވެ.

އެގޮތުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ސަރުކާރުން ގާއިމްކޮށްފައިވާ 200 އަށްވުރެ ގިނަ އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތަށް އެންމެ ފުރަތަމަ ނިކުތީ ފެނަކައިގެ މުވައްޒަފުންނެވެ. މި މަސައްކަތުގައި ފެނަކައިގެ 200 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެފަ އެވެ.

އޭގެ އިތުރުން ފަރުކޮޅުފުށީގެ ކަރަންޓީން ފެސިލިޓީ އަލުން މަރާމާތުކޮށް ހުޅުވުމަށް ކުރެވުނު މަސައްކަތްތަކުގައި ފެނަކަ
މުވައްޒަފުން ބައިވެރި ވެފައިވެ އެވެ.

ފެނަކައިގެ މުވައްޒަފުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލް ސަރަހައްދުގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އިމާރާތްކުރެވޭ 10 ފާހަނާގެ އެންމެހައި މަސައްކަތްތައް ވެސް ކުރަމުންނެވެ.

އޭގެ އިތުރުން ކ. ވިލިވަރާއި އއ. ވެލިދޫ ކަރަންޓީން ފެސިލިޓީތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ އަސާސީ ހިދުމަތް ދެމުން ދަނީ ފެނަކައިންނެވެ.

އެ މަސައްކަތްތަކަށް އެ ދެ ރަށުގައި ފެނަކަ މުވައްޒަފުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް