ads
ލަންކާ ރުޕީސް ފޮޓޯ:---
ކޮވިޑް19: ލަންކާ ބޭރު ފައިސާއަށް ޖެހި، ގައުމުން ބޭރުގައި ތިބި ރައްޔިތުންގެ އެހީއަށް އެދިއްޖެ
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ގައުމުގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިއުމާއި ގުޅިގެން ގައުމުން ބޭރުގައި އުޅޭ ލަންކާ ރައްޔިތުންގެ އެހީއަށް އެގައުމުގެ ސަރުކާރުން އެދިއްޖެ އެވެ.

ގައުމުގައި ދައުރުވާ ބޭރު ފައިސާގެ އަދަދު ދަށަށް ދިއުމާއި ގުޅިގެން ލަންކާ ސަރުކާރުން ވަނީ ގައުމުން ބޭރުގައި ތިބި ރައްޔިތުން ގައުމަށް ބޭރު ޖަމާކޮށްދިނުމަށް އެދިފަ އެވެ. 

މިކަމާއި ގުޅިގެން ލަންކާގެ މަރުކަޒީ ބޭންކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ގައުމުން ބޭރުގައި ތިބި ރައްޔިތުންނަށް މުސާރައިގެ ގޮތުގައިއާ އަދި އެނޫން ވެސް ގޮތްގޮތުން ލިބޭ އާމްދަނީ، ލަންކާގެ ބޭންކްއަކަށް ނުވަތަ ސަރުކާރު އިދާރާއެއް މެދުވެރިކޮށް ބޭރު ފައިސާގެ ގޮތުގައި ޖަމާކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މިގޮތަށް ޖަމާ ކުރާ ފައިސާ އަނބުރާ ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށާއި އަދި މި ފައިސާއިން އެއްވެސް ކަހަލަ ޓެކުހެއް ނުނަގާނެ ކަމަށް ބުނެފައިވެ އެވެ. ލަންކާގެ މަރުކަޒީ ބޭންކުން ވަނީ ކުރިއަށް އޮތް 3 މަސް ދުވަހު މިގޮތަށް ބޭރު ފައިސާ ޖަމާކޮށްދިނުމަަށް، ގައުމުން ބޭރުގައި ތިބި ރައްޔިތުންގެ ކިބައިން އެދިފަ އެވެ. 

ކޮވިޑް19 ހުއްޓުވުމަށް ލަންކާއިން އަޅާފައިވާ ފިޔަވަޅުތަކާއެކު އެގައުމުގެ ފައިސާގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ވެއްޓިފަ އެވެ. އެގޮތުން މިހާރު ލަންކާ ރުޕީސްގެ އަގު އެވްރެޖުކޮށް އުޅެނީ ޑޮލަރަކަށް 193 ރުޕީސް ގައެވެ. ކޮވިޑް19 ހުއްޓުވުމުގެ ގޮތުން ލަންކާ ސަރުކާރުން ވަނީ އެގައުމުގެ ބައެއް ސަރަހައްދުތަށް ލޮކްޑައުންކޮށް، ގައުމުގެ ބޮޑު ބައެއްގައި ކާފިއު އިއުލާން ކުރުމުގެ އިތުރުން އެގައުމުގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓެއް، އެރައިވަލް ޕަސެންޖަރުންނަށް ބަންދުކޮށްފަ އެވެ. 

ލަންކާއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް 159 މީހަކު ފެނިފައިވާއިރު މީގެ ތެރެއިން 24 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. އަދި 5 މީހަކު ވަނީ މަރުވެފަ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް