ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
ސަރުކާރު ބަންދު ދުވަސްތަކުގައި އެމްޑަބްލައުއެސްސީގެ ހިދުމަތް ލިބޭނެ
ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލައުއެސްސީ)ގެ ހިދުމަތްތައް ކަސްޓަމަރުނަށް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ ސަރުކާރު ބަންދު ދުވަސްތަކުގައި އޭޕްރިލް ހަ ވަނަ ދުވަހާ އަށް ވަނަ ދުވަހު ހެނދުނު 9.00 އިން މެންދުރު 12.00 އަށް ކަސްޓަމަ ސަރިވިސް ކައުންޓަރު އަދި ރިސެޕްޝަން ހުޅުވާފައި ހުންނާނެ ކަމަށެވެ. އެއީ ފެން ބިލްޑިން ގެ ފަސް ވަނަ ފަންގިފިލާއެވެ.

 ޗެކް މެދުވެރިކޮށް ފެން ބިލްތަކަށް ފައިސާ ދައްކަވަން ބޭނުންވާ ކަސްޓަމަރުންނަށް އެ ހިދުމަތް ލިބިގެންދާނެ ކަމަށާއި ސިޓީ އާއި އިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމާއި ހުށައަޅާފައިވާ އިންވޮއިސްތަކަށް، ހަމަޖެހިފައިވާ އުސޫލުން، ޕޭމަންޓް ދޫކުރުނާނެ ކަމަށް އެކުންފުނިން ބުނެއެވެ.  

މީގެ އިތުރުން، މިދުވަސްތަކުގައި އެކުންފުނިން އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށް ދޭ ރަށްރަށުގެ ކަސްޓަމާ ސާވިސްގެ ކައުންޓަރުތަކުން ވެސް ހިދުމަތްތައް ލިބިގެންދާނެ ކަމަށާއި ފެންބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަދެވިފައިވާ ޕޭމަންޓް އައުޓްލެޓްތަކުން ފެން ބިލަށް ފައިސާ ދެއްކޭނެކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.

އެކުންފުނިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުންފުނީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ފެން ބިލް ރައްދުކޮށް ފައިސާ ނަގަން ނިންމާފަ އެވެ. އަދި މޯބައިލް އެޕްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ބިލް ރައްދުކުރެވޭނީ ގޭގެ ގްރައުންޑް ފްލޯއާއި ހަމައަށް ކަމަށާއި ކުންފުނީގެ ހިދުމަތްތައް ހޯދުމަށް ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.

މިވަގުތު ކުންފުނީގެ ހިދުމަތްތަކާއި އެކިކަންކަމާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސިޓީތަކާއި މުހިންމު ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް