ads
ފޮޓޯ: މޯލްޑިވިއަން
ލަންކާއިން ދިވެހިން ގެންނަ ފްލައިޓުގެ ހުރިހާ ޖާގައެއް 4 ގަޑި އިރުތެރޭ ފުލް
ސްރީ ލަންކާގައި ރާއްޖެ ނާދެވި، ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލި ފުރުޞަތުގައި، 4 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ފުލް ވެއްޖެ އެވެ.

މޯލްޑިވިއަން އިން ދިވެހިން ގެނައުމަށް ކުރާ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ މިއަދު އެވެ. އެގޮތުން މިއަދު 2 ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 50 ގޮނޑީގެ މަތިންދާ ބޯޓެވެ.

މޯލްޑިވިއަންގެ ރަސްމީ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އާލައިނުން ލަންކާއަށް ކުރާ ދެ ދަތުރަށް ހުޅުވާލި 100 ޖާގަ މިހާރު ފުރިފައިވާ ކަމަށާއި އިތުރު އެހެން ފުރުސަތެއް އެ އެއާލައިނުން ހުޅުވާލާ ކަމަށްވާ ނަމަ އެކަން އިއުލާން ކުރާނެ ކަމަށެވެ. 

ލަންކާގެ އިތުރުން މޯލްޑިވިއަން އިން ވަނީ އިންޑިއާގެ ކޮޗިން އަށް ވެސް ދަތުރެއް ކުރަން ނިންމާފައެވެ. ކޮޗިންގައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމަށް މި ދަތުރުގައި ބޭނުން ކުރާނީ އެއާބަސް އޭ321 މަރުކާގެ 200 ޕަސެންޖަރުން އުފުލޭ ބޯޓެކެވެ. ކޮޗިންއަށް ކުރާ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. 

ކޮވިޑް19އާ ގުޅިގެން އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއެކު ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ އެކި ގައުމުތަކުގައި ތަށިވެފައެވެ. ތާށިވެފައި ތިބި ދިވެހީންނަށް އެހީތެރިވުމުގެ ގޮތުން ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ ދާދި ފަހުން ލަންކާއަށް ހިލޭ، "ކެއާ ޕެކް" ގެން ގޮސްދޭން ވެސް ފަށާފައެވެ. މޯލްޑިވިއަން އާއި ފޮރިން މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމުގައި ވަރަށް އަވަހަށް އިތުރު ގައުމުތަކަށް ވެސް "ކެއާ ޕެކް" ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އާލައިނުން ވަނީ ބުނެފައެވެ. 

20%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް