ads
ޖެންޑާ މިނިސްޓަރު---
އަނިޔާދޭ މީހަކާއާއެކު އުޅޭނަމަ މައްސަލަ ރިޕޯޓް ކުރަން އުނދަގޫވޭ: ޖެންޑާ މިނިސްޓަރު
އަނިޔާދޭ މީހަކާއާއެކު އުޅޭނަމަ މައްސަލަ ރިޕޯޓް ކުރަން އުނދަގޫވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޮވިޑް19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބެއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ އަނިޔާދޭ މީހަކާއާއެކު އުޅޭނަމަ އެމީހަކަށް ލިބޭ އަނިޔާގެ މައްސަލަ ރިޕޯޓްކުރަން އުނދަގޫވާނެ ކަމަށެވެ.

އެބައްދަލުވުމުގައި މިނިސްޓަރު ވަނީ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ފާއިތުވެ ދިޔަ ތިން މަހަށް ބަލާއިރު ގެވެށި އަނިޔާގެ ޖެނުއަރީ މަހު 34 މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފެބްރުއަރީ މަހު 39 މައްސަލަ ހުށަހަޅާފައިވާއިރު މާޗުގައި 26 މައްސަލައެއް ހުށައަޅާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަށް ބަލާއިރު ޖެނުއަރީ މަހު 131 މައްސަލަ ހުށަހަޅާފައިވާއިރު ފެބްރުއަރީގައި 161 މައްސަލަ އަދި މާޗު މަހު 101 މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިޑާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މާޗު މަހު ރިޕޯޓްކުރި މިންވަރު މަދު ކަމަށާއި ގަބޫލުކުރަން ބޭނުންވަނީ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަ މަދުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް