ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެ-- ފޮޓޯ: ވަން އޮންލައިން
ލަންކާއިން 100 ދިވެހިން ގެނެސް ކަރަންޓީނަށް
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި، ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 ދިވެއްސަކު ރާއްޖެ ގެނެސް ކަރަންޓީންކޮށްފި އެވެ.

މޯލްޑިވިއަންގެ ފްލައިޓުގައި މި މީހުން ރާއްޖެ ގެނެސްފައި ވަނީ ރޭ 9:45 ގަ އެވެ.

ލަންކާގައި ދިރިއުޅޭ 100 ދިވެއްސަކު ގެނެސްފައި މިވަނީ މޯލްޑިވިއަންގެ 50 މީހުންގެ ޖާގައިގެ ދެ ބޯޓުގަ އެވެ. 

ލަންކާގައި އަދިވެސް ރާއްޖެ އަންނަން ބޭނުންވާ މީހުން އެބަ ތިއްބެވެ. ސަރުކާރުން އަންނަނީ މި މީހުން ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ. 

ލަންކާއަކީ މޯލްޑިވިއަނުން ދަތުކުރާ މަންޒިލެއް ނޫންކަމުން، އެގައުމަށް ދަތުރުކުރުމުގެ ކުރިން ހުއްދަތަކެއް ހޯދަން ޖެހެ އެވެ.

އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެނައުމަށް ވެސް ފްލައިޓެެއް ބާއްވަން ވަނީ ނިންމާފަ އެވެ. އެ ގައުމުން ދިވެހިން ގެނައުމަށް ބޭނުންކުރަނީ 200 މީހުންގެ ޖާގައިގެ ބޯޓެކެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ކުއަލަލަމްޕޫރާއި ޓްރެވެންޑްރަމުގައި ތިބި ދިވެހިން ގެންނަން ވެސް ވަރަށް އަވަހަށް ހާއްސަ ފްލައިޓެއް އޮންނާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް