ads
ފޮޓޯ: ރައީސް އޮފީސް
އަދަބުގެ ބާވަތް ބަދަލު ކުރެވޭތޯ މަސައްކަތް ކުރަނީ
ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލު ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލު ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމް ތަންފީޒު ކުރާ މީހުންގެ އަދަދު ގިނަވެ، ޖަލުތައް ފުރޭ މައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރައްވާކަން ހާމަކުރައްވާ ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ދަށުން ޖަލު ހުކުމް އަދަބު އެހެން ބާވަތުގެ އަދަބަކަށް ބަދަލު ކުރުމުގެ ފުރުސަތު ބައެއް މައްސަލަތަކުގައި އޮންނަ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހާއި ހޯމް މިނިސްޓްރީ އާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ޖަލުތައް ފުރޭ މައްސަލައަށް ހައްލު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.


ގާނޫނުލް އުގޫބާތު ބުނާ ގޮތުން ޖަލު ހުކުމުގެ އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާއަށް ނުވަތަ މުޖުތަމައުއަށް ހިދުމަތް ކުރުން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެ ކަމަށެވެ.

އަދި އަދަބުގެ ބާވަތް ބަދަލު ކުރާ ނަމަ، އެކަން ކުރެވޭނެ މުއްދަތުތަކާއި ޖޫރިމަނާގެ އަދަދުތައް ވެސް ގާނޫނުލް އުގޫބާތުގައި ހިމަނާފައި ވެއެވެ. ޕީޖީގެ މަގާމަށް ޝަމީމް ވަޑައިގަތުމުގެ ކުރިން ވެސް ޖަލުގައި "ވާނުވާ" ޖަހާފައި ތިބޭ ތިބުމަށް ހައްލު ގެނެސް ޖަލުގައި ގައިދީން ހޭދަ ކުރާ މުއްދަތާ ގުޅޭ ސައްހަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް