ads
ރީކޯ މޫސާ މަނިކު--
ބޯ ދިގުކޮށްފައި ހުންނަ ދިވެހި ޒުވާނުންނަކީ ހަކުރު ބޯ މީހުން ކަމަށް ލޭބަލްކޮށް ވަޒީފާއެއް ނުދޭ: މޫސަ
ދިވެހި ޒުވާނުން ބޯދިގުކޮށްފައި ހުންނާތީ ވަޒީފާގެ ފުރުސަތުތައް އެމީހުންނަށް ނުލިބޭ ކަމަށް ކުރީގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، މޫސަ ވިދާޅުވީ، ބޯދިގުކޮށްފައި ހުންނަ ކޮންމެ މީހަކު ފެންނައިރަށް އެމީހަކީ ހަކުރު ބޯ ބައެއްގެ ގޮތުގައި ލޭބަލްކުރާ ކަމަށާއި ހަގީގަތުގައި އެގޮތަށް ތިބެ އެންމެނަކީ އެކަން ކުރާ ބައެއް ނޫން ކަމަށެވެ. އަދި އެއީ ޒުވާނުންގެ ސްޓައިލްކަން ފާހަގަކުރަމުން މޫސަ ވިދާޅުވީ، އެގޮތަށް ތިބޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުދޭތަނުގައި އެގޮތަށް ތިބޭތީ ވަޒީފާތަކުން ދުރު ވެސް ކުރާ ކަމަށެވެ. 

އެކަމަކު ކުޑަ އަގުގައި މަސައްކަތްކުރުވަން ގިނަ ބަޔަކު ދިވެހިންގެ ބަދަލުގައި ބިދޭސީންނަށް މަސައްކަތް ކުރާކަމަށާއި އެކަމަކު ދިވެހިން މަސައްކަތް ކުރުމުގައި އަވަސްވެފައި ކުރާ މަސައްކަތް ވެސް ސާފުތާހިރުވާނެ ކަމަށް ވިދާޅުވި އެވެ.

މިގޮތަށް މިކަން ދިމާވަނީ މިނިމަމް ވޭޖެއް ނެތުމުން ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވަމުން މޫސަ އިތުރަށް ވިދާޅުވީ، މިނިމަމް ވޭޖަކީ ސިޔާސީ މީހުން ކުޅޭ ބޯޅައަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އެގޮތުން ވަކި މީހަކަށް ވަކި ވަރެއް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅުން ރަނގަޅު ނޫންކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ވެސް ޕްރޮގްރާމުގައި މޫސަ ވަނީ ކޮންމެ އަހަރަކު 20000-30000 ދަރިވަރުން ކިޔަވާ ނިންމި ނަމަވެސް އެ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ސަރުކާރުން ހޯދައިނުދޭ ކަމަށާއި އޭގެ ބަދަލުގައި ފެނިގެންދަނީ ކުދި އަދި ބޮޑެތި މަސައްކަތްތަކުގައި ވެސް ބިދޭސީން އުޅޭ މަންޒަރު ކަމަށް ވިދާޅުވެފަ އެވެ. އެއްގޮތަކަށް ވެސް މިކަން ދިމާވަނީ ދިވެހިން ކަންނެތްވުމުން ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުތަކުން ވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ނުކުރާކަމަށް މޫސަ ފާހަގަކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް