ads
ފޮޓޯ
އިންނަމާދޫ ކޯޓުގެ ނިންމުން އިސްތިއުނާފު ކޮށް ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ!
ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ
އިންނަމާދޫގައި ހިނގާދިޔަ މާރާމާރީގެ މައްސަލައިގައި އެ ރަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުން ހެކި ހުށަހަޅާފައިވަނިކޮށް އިންނަމާދޫ ކޯޓުން މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. 

އުމުރުން 28 އަހަރުގެ ބަންގްލަދޭޝް މީހަކަށް ހަމަލަދީ އޭނާގެ ނޭފަތްމަތި ފަޅައިގެން ގޮސް ވާތު ލޯ ކައިރިންވެސް ފަޅާލި މައްސަލާގައި ހައްޔަރު ކުރި ދެ ދިވެހިން ދޫކޮށްލީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު އިންނަމާދޫ ކޯޓަށް ދިއުމުންނެވެ. 

އަނިޔާ ލިބުނު މީހާއަށް ލިބުނު އަނިޔާ ތަކުގެ ފޮޓޯ އާއި ޑޮކްޓަރުގެ ރިޕޯޓް އަދި މަންޒަރުދުށް މީހެއްގެ ބަޔާން ކޯޓަށް ހުށައަޅާފައި އޮތްއިރު ފަނޑިޔާރު އެ މައްސަލައިގައި އެމީހުން ދޫކޮށްލާފައިވަނީ ހެކި ނެތްކަމަށް ބުނެއެވެ. 

އެ މީހާއަށް ހަމަލަދިނުމުން އޭނާގެ ނޭފަތްމަތި ފަޅައިގެން ގޮސް ވާތު ލޯ ކައިރިންވެސް ފަޅައިގެން ގޮސްފައި ވުމުން މުޅި މޫނު މަތި އެއްކޮށް ދުޅަވެފައިކަމަށް ވެ އެވެ. 

މި މައްސަލައިގައި ހެކި ހުށަހަޅާފައިވަނިކޮށް ހެކި ނެތްކަމަށް ބުނެ ފަނޑިޔާރު ނިންމާފައި އޮތުމުން އެ މައްސަލަ ބަލައިދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުމަށް ވެސް ނިންމަވާފައިވާކަމަށް ޕީޖީ ކުރެއްވި ޓްވީޓްގައި ވެއެވެ. 

މިމައްސަލައިގައި ޕީޖީ އޮފީހުން "ސީއެންއެމް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޖޭއެސްސީއަށް މައްސަލަ ހުށަހަޅަނީ ފަނޑިޔާރު ވަކި ގޮތަކަށް މައްސަލަ ނިންމައިގެން ނޫންކަމަށާއި، ޖޭއެސްސީއަށް މައްސަލަ ހުށަހަޅަނީ ފުލުހުން ލިޔެކިޔުންތަކާއި ހެކިބަސް ހުށަހަޅާފައިވަނި ކޮށް އެތަކެތި ހުށަހަޅާފައި ނެތްކަމަށްބުނެ އެމީހުން ބަންދުން ދޫކޮށްލުމުން ކަމަށެވެ. އަދި މިއީ މިގޮތަށް ޕީޖީން ޖޭއެސްސީއަށް ހުށަހަޅާ ފުރަތަމަ މައްސަލަ ނޫންކަމަށާއި، މީގެ ކުރިން ކުރީގެ ޕީޖީ ބިޝާމްގެ ޕީޖީ ކަމުގައި ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި ވެސް ފަނޑިޔާރަކު މިގޮތަށް އަމަލުކޮށްފައި އޮތުމުން މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާކަމަށެވެ. 

އިންނަމާދޫގައި ހިނގާދިޔަ މާރާމާރިގެ މައްސަލައެއްގައި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ކޯޓުން އެ މީހުން ބަންދުން ދޫކޮށްލުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކޯޓުގެ ނިންމުމަށް ފާޑުކިޔަމުންނެވެ. 

85%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް