ads
މޯލްޑިވިއަންގެ ބޯޓެއް-- ފޮޓޯ/ މޯލްޑިވިއަން
މޯލްޑިވިއަނުން ދެމީހަކަށް ދެ އަގެއްގައި ޓިކެޓެއް ނުވިއްކާނެ: މޫސަ
ރާއްޖެއިން ބޭރުގައި ނާދެވިފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން ކުރަމުން އަންނައިރު މި މީހުން ގެނައުމަށް ޓިކެޓް ވިއްކަނީ އެންމެނަށް ވެސް އެއް އަގެއްގައި ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

އަގު ބޮޑުކޮށް އެކި މީހުންނަށް އެކި އަގުތަކުގައި ޓިކެޓު ވިއްކަމުން އަންނަކަމުގެ އަޑުތައް އަރާފައިވާ މިދަނޑިވަޅުގައި މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު، މޫސާ ވަސީމް ވިދާޅުވީ، އެގޮތަށް ވާހަކަ ދެކެވުން ނަމަވެސް އެކަން ނުކުރާނެ ކަމަށެވެ. 

މޯލްޑިވިއަނުން މިހާރު ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމަށް ހާއްސަ ފްލައިޓްތަކެއް ބާއްވަމުން އަންނައިރު މޫސަ ވިދާޅުވި ގޮތުގައި މެލޭޝިއާ ކޮޅުގެ ޓިކެޓެއްގެ އަގު އުޅެނީ 330 ޑޮލަރަށެވެ. އަދި ސްރީލަންކާ އިން ރާއްޖެ ގެނައި މީހުންގެ އަތުން ނަގާފައި ވަނީ 300 ޑޮލަރު ކަމަށާއި ކޮޗިން ޓިކެޓް ވިއްކާނީ 265 ޑޮލަރަކަށް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. 

މޫސަ އިތުރަށް ވިދާޅުވީ މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމަށް މޯލްޑިވިއަނުން މި މަސައްކަތް ކުރަމުން އަންނައިރު ޓިކެޓު ވިއްކަނީ ރައްޓެހިންނާއި ތިމާގެ މީހުންނަށް ކަމަށް ވެސް ބުނަމުން އަންނަ ކަމަށެވެ. އެހެންވެ އެ ކަންބޮޑުވުމާއި ގުޅިގެން މިފަހަރު މެލޭޝިއާ އިން އަންނަން ބޭނުންވާ ދިވެހިންނަށް ޓިކެޓު ނެގުން އޮންލައިންކޮށް ކުރިގެންދިޔައީ ކަމަށް ވެސް ވިދާޅުވި އެވެ. 

"އޮންލައިންކޮށް ޓިކެޓް ބައްލަވައިގަނެވޭނީ. މިވަގުތު ޓިކެޓް މީހުންގެ އަތުގަ އޮވެގެން ނުވާނެ،" މޫސަ ވިދާޅުވި އެވެ. 

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ މެލޭޝިއާ އިން ރާއްޖެ އަންނަން ބޭނުންވެގެން ގިނަ އަދަދެއްގެ ބަޔަކު ޓިކެޓް ނަގާފަ އެވެ. އެގޮތުން މޫސަ ވިދާޅުވީ، މެލޭޝިއާއަށް ދަތުރުކުރަނީ މޯލްޑިވިއަންގެ 200 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ. 

މި ހާއްސަ ދަނޑިވަޅުގައި ދިވެހިން ބަލައި މޯލްޑިވިއަނުން މެލޭޝިއާއަށް ދަތުރުކުރި ނަމަވެސް މެލޭޝިއާއަކީ މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލެއް ނޫނެވެ. މިހެންވެ ކުރިން މޫސަ ވަނީ ދިވެހިން ގެނައުމުގެ ކުރިން އެގައުމުގައި ފްލައިޓް ޖެއްސުމަށް ހުއްދަ ހޯދުމަށް ވެސް ލިޔެކިޔުންތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް