ads
މާފުށީ ޖަލު - ފޮޓޯ / ކަރެކެޝަން
މިދިޔަ މަހު ގައިދީން ވަނީ 1402 ފަހަރު ޑޮކްޓަރަށް ދައްކާފައި: ކަރެކްޝަންސް
މިދިޔަ މަހު އާންމު ބަލިތަކަށް އެދުނު 94 ޕަސެންޓު މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި
މިދިޔަ މަހު ގައިދީން ޑޮކްޓަރަށް ދެއްކި އަދަދު 1400 އަށްވުރެ އިތުރުވެފައިވާކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން އިއްޔެ ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި 1241 ފަހަރު އާއްމު ބަލިތަކަށް ގައިދީން ޑޮކްޓަރަށް ދައްކަން އެދުނު އިރު މީގެ ތެރެއިން 94 ޕަސެންޓު ވަނީ ޑޮކްޓަރަށް ދައްކާދީފައެވެ.

މީގެ އިތުރުން ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް 144 ފަހަރު ގައިދީން އެދިފައިވެއެވެ. ޖެނުއަރީ އަދި ފެބްރުއަރީ މަހު ދައްކަން ލަފާދެވުނު މީހުންނާއެކު ޖުމުލަ 230 ސްޕެޝަލިސްޓު ކޮންސަލްޓޭޝަން ހަމަޖައްސައިދީފައިވާކަމަށް ކަރެކްޝަންސް އިން ބުނެއެވެ. 

ސްޕެޝަލިސްޓުންނަށް ދެއްކުނު މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ދެއްކިފައިވަނީ އޮޕަރޭޝަން ޑޮކްޓަރުންނަަށެވެ. މިއަށްފަހު އެންމެ ގިނަ މީހުން ދެއްކުނީ ދަތުގެ ޑޮކްޓަރުންނަށާއި ކަށީގެ ޑޮކްޓަރުންނަށެވެ.

ގައިދީން ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް އުނދަގޫތަކެއް ހުރިކަމަށް މިދިޔަ އަހަރު ސަރުކާރުން ނެރުނު ޖަލުތަކުގެ އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް