ads
އެމްޑަބްލިއުއެސްސީ އިމާރާތް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެމްޑަބްލިއުއެސްސީގެ ތާރީހު ދިރާސާކޮށް ފޮތެއް ލިޔެދޭނެ ފަރާތެެއް ހޯދަނީ
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ތާރީހު ދިރާސާކޮށް ފޮތެއް ލިޔެދޭނެ ފަރާތެެއް ހޯދަން އިއުލާނުކޮށްފި އެވެ.
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ތާރީހު ދިރާސާކޮށް ފޮތެއް ލިޔެދޭނެ ފަރާތެެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކުންފުނީގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ކުންފުނީގެ 25 އަހަރުގެ ތާރީހު ފޮތެއްގެ ސިފައިގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު އަގެ ހުށަހެޅުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އެދިފަ އެވެ.

އެކަމާ ބެހޭ މައުލޫމާތު ސާފުކުރުން އަންނަ ބުރާސްފަތި ދުވަހު (26 ޑިސެމްބަރު)ގެ 13:00 ގައި އަދި އަގު ހުށަހެޅުން 30 ޑިސެމްބަރުގެ 13:00 ގައި ފެން ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ކޯޓޭޝަން ހުށަހަޅާއިރު ކުންފުންޏެއް ނަމަ ކުންފުނީގެ ތައްގަނޑު ޖަހަން ވާނެ ކަމަށެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި ކުންފުންޏެއް ނަމަ އަގު ހުށަހަޅާ ކުންފުނީގެ ނުވަތަ ވިޔަފާރި ރަޖިސްޓްރީ އަދި ޖީއެސްޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެކު ހުށަހަޅަން ވާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް