ads
ފޮޓޯ:މޯލްޑިވް ގޭސް
މޯލްޑިވް ގޭސް ގެ ހިދުމަތަށް އެސްއެމްއެސް އިން އެދެވޭނެ
އެސްއެމްއެސް ކޮށްގެން ގޭސް ފުޅި އަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭސް އިން ހަމަޖައްސާފައި ވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ އެގޮތަށް ހިދުމަތް ދިނުމަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުންކަމަށެވެ. 

މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ކަސްޓަމަރެއްގެ ކޯޑާއި އައިޑީ ކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް އެސްއެމްއެސް ކުރުމުން އޯޑަރު ކުރެވޭނެ ކަމަށާއި އިތުރު އެހީ ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެހީތެރިވެދޭނެ ކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ. 

މީގެ އިތުރުން ރީ-އޯޑާ ކުރާ ކަސްޓަމަރުން، އެ މީހެއްގެ ކޯޑާއި އައިޑީ ކާޑު ނަމްބަރު އެކަނި ފޮނުވުމުން ވެސް ގޭސް ފުޅި އަށް އޯޑަރު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. 

your image

އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ކުންފުނީގެ ވެބްސައިޓު maldivegas.com/order މެދުވެރިކޮށް އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭ އިންތިޒާމު ވެސް މޯލްޑިވް ގޭސް އިން ވަނީ ހަމަޖައްސައިފަ އެވެ. 

މޯލްޑިވް ގޭސް އިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގޭސްފުޅިތަކާއި ވެހިކަލްތައް ޑިސްއިންފެކްޓު ކުރަން ވެސް ފަށައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް