ads
ނޯރާ---
ނޯރާ މީގެ ކުރިން ފިހާރައެއްގައި ވެސް މަސައްކަތްކުރި!
މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީ މީގެ ކުރިން ފިހާރައެއްގައި ވެސް މަސައްކަތްކޮށްފައިވާ ކަމަށް ނޯރާ ބުނެފިއެވެ.

ދާދި ފަހުން ނޯރާ ވަނީ ކޮމަލް ނަހަތާގެ ޝޯއަކުން ފެނިގެން ގޮސްފައެވެ. އެޝޯގައި ވާހަކަ ދައްކަމުން ނޯރާ ވަނީ މީގެ ކުރިން އޭނާ އުޅެމުން ދިޔަ ދަތި ހާލުގެ ވާހަކަތައް ދައްކާފައެވެ.

އެގޮތުން މީގެ ކުރިން ފައިސާ ހޯދުމަށް ފިހާރައެއްގައި މަސައްކަތްކޮށްފައިވާ ކަމަށް ނޯރާ ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ ވެއިޓްރެސްއެއްގެ ގޮތުގައި އާއި ޓެލިމާކެޓިން އޮފީހެއްގައި ވެސް މަސައްކަތްކޮށްފައިވާ ކަމަށް ނޯރާ ވަނީ ބުނެފައެވެ.

ނޯރާގެ ބުރަ މަސައްކަތުން އޭނާ އަކީ މިހާރު ފިޔަޖަހަމުން އަންނަ ފަންނާނެކެވެ.

އަމިއްލައަށް ކޮރިއޮގްރާފްކުރަމުން އަންނަ ނޯރާއަކީ ލަވަ ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ ވަނީ އެމްޓީވީން ދައްކަމުން އަންނަ ޝޯއެއްކަމަށްވާ ޑޭޓިން އިން ދަ ޑާކްގެ ހޮސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ޝޯ، ބިގް ބޮސް ނުވައެއްގައި ވެސް ފެނިފައިވާ ނޯރާ ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.

ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ސަތްޔަމޭވަ ޖަޔަތޭގެ ލަވައެއްކަމަށްވާ "ދިލްބަރް" އަށް ފަހު ގައެވެ. އެއަށް ފަހު ގިނަ ބޮލީވުޑް ލަވަތަކުން ނޯރާ ވަނީ ފެނިގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް