ads
ކޮވިޑް-19 އިން ސަލާމަތްވާން އަތްދޮވުނަސް ފެން އިސްރާފުނުކުރޭ!
ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ގިނަ ގިނައިން އަތްދޮވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރަމުން އަންނައިރު ބައެއް ފަރާތްތަކުން އަތްދޮންނަ ވީޑިއޯތައް ވެސް ދަނީ އާންމުކުރަމުންނެވެ. މިގޮތަށް ބައެއް މީހުން ހިއްސާ ކުރާ ވީޑިއޯތަކުން އަތްދޮންނަ ވަގުތު ގިނަ އަދަދަކަށް ފެން އިސްރާފުކުރާ މަންޒަރު ފެނެ އެވެ.

މިކަމާއި ގުޅިގެން ބަތަލާ އާލިއާ ވެސް މިވަނީ އާންމުންނަށް ނަސޭހަތްތެރިވެފަ އެވެ. އެގޮތުން ވިހި ސިކުންތު އަތްދޮންނަން ޖެހުމަކީ ފެން އިސްކުރު ޖައްސައިގެން ވިހި ސިކުންތު އިނުން ނޫން ކަމަށް ބުންޏެވެ. އަދި ބަލިމަޑުކަމެއް ފެތުރިގެން އުޅޭ މިދަނޑިވަޅުގައި ހާލަތު އިތުރަށް ގޯސް ނުކުރުމަށް އިލްތިމާސްކުރަމުން އޭނާ ވަނީ އިތުރު ކާރިސާއެއް ކުރިމަތިވިވުމުގެ ކުރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް، ހޭންޑް ސެނިޓައިޒާ ނުވަތަ ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ޑޮކްޓަރުން އިރުޝާދުދެ އެވެ. އެކަަމަކު އަގުބޮޑުކޮށް ހޭންޑް ސެނިޓައިޒާ ގަތުމުގެ ބަދަލުގައި އާދައިގެ ސައިބޯންޏެއް ލައިގެން އަތްދޮވުމަކީ ވެސް މައްސަލައެއް ނޫން ކަމަށާއި ގޭގައި އުޅޭ ވަގުތު ވީހާވެސް ގިނައިން އަތްދޮވުމަށް ޑޮކްޓަރުން އިލްތިމާސްކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް