ads
ޑރ. ރަމޭޝް ޕަތިރަނަ (ވ) ފޮޓޯ:---
ހޫނު ކަޅު ސައި ބުއިމުން ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ: ލަންކާ ތަރުޖަމާނު
ދުވާލަކު ތިނެއް ނުވަތަ ހަތަރު ތަށި ކަޅު ސައި ބުއިމުން ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ލަންކާ ސަރުކާރުގެ ތަރުޖަމާނު ޑރ، ރަމޭޝް ޕަތިރަނަ ވިދާޅުވެއްޖެ އެވެ.

ލަންކާގެ "ނިއުސްވަޔާ" އިން ރިޕޯޓް ކުރާ ގޮތުގައި ރަމޭޝް މިފަދައިން ވިދާޅުވީ ލަންކާ ސަރުކާރުގެ ފަރާތުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސް އެއް ގައެވެ. މި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ރަމޭޝް ވިދާޅުވީ، ހޫނު ކަޅު ސަޔަކީ އޭގައި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެއް ކަމަށާއި އޭގެ ސަބަބުން، އަސްތަމާ، ނޭވާލާން އުނދަގޫވުން، އަދި ނޭވާ ކުރުވުމުގެ އިތުރުން ވެސް އެކި ބާވަތްތަކުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުން އިންސާނާގެ ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމަށެވެ. 

ޑރ. ރަމޭޝް އިތުރަށް ވިދާޅުވީ، ހޫނު ކަޅު ސައި ބުއިމުން ކޮރޯނާ ވައިރަސްއިން ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެތް މިވަގުތު ފެންނަން ނެތް ކަމަށެވެ. ނަމަވެސް ކަޅު ސައި ބުއިމުން އިންފްލުއެންޒާ، ބްރޮންކައިޓިސް، ނިއުމޯނިއާ އަދި ސާސް ސީ.އޯ.ވީ-2 އިން ރައްކާތެރިކޮށްދޭ ކަމަށް ފަހުގެ ހޯދުންތަކުން ދައްކާކަމަށެވެ. އަދި ސާސް ސީ.އޯ.ވީ-2 އައީ ކޮރޯނާ ވައިރަސް އަކީ ވަރަށް އެއްގޮތް ދެ ވަރިރަސް ކަމަށް ވުމުން ހޫނު ކަޅު ސައި ބުއިމުން ކޮރޯނާ ވައިރަސްއިން ރައްކާތެރިކޮށްދިނުމުގެ އިތުރުން މި ބަލި ޖެހިފައި ތިބޭ މީހުންނަށް ވެސް ލުޔެއް ލިބިގެންދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ޑރ. ރަމޭޝް ވިދާޅުވެފައިވެއެވެ.

ލަންކާގެ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ހިދުމަތް ކުރައްވާފައިވާ، އުމުރުން 50 އަހަރުގެ ޑރ. ރަމޭޝް އަކީ މެޑިކަލް ޑޮކްޓަރެއް ވެސް މެއެވެ. އޭނާ ގެންދަވަނީ މިހާރުގެ ސަރުކާރުގެ ޕްލާންޓޭޝަން އެންޑް އެކްސްޕޯޓް އެގްރިކަލްޗާ މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވަމުންނެވެ. މީގެ އިތުރުން ޑރ. ރަމޭޝް ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. 

ކަޅު ސައި ބުއިމުން ކޮރޯނާ ވައިރަސްއިން ރައްކާތެރިކޮށްދޭ ކަމަށް ނުވަތަ ބަލިޖެހިފައިވާ މީހުންނަށް ލުޔެއް ލިބިދޭ ކަމަށް އަދި މިހާތަނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން (ޑަބްލިއު.އެޗް.އޯ) ނުވަތަ އެހެން އެއްވެސް ސިއްހަތާ ބެހޭ ރަސްމީ އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. 

ދުނިޔޭގައި މިހާރު ވަރަށް ބޮޑަށް ފެތުރިފައިވާ ކޮރޯނާ ވައިރަސްއަށް ލަންކާއިން 176 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 38 މީހުން ބަލިން ރަނގަޅުވެ، ދޫކޮށްލާފައިވާއިރު މި ބަލިޖެހިގެން އެގައުމުން 5 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް