ads
އެއާޕޯޓުގެ އިރުމަތީ ފަރާތުގައި އަލަށް ހުޅުވި ސެކިއުރިޓީ ޗެކް ޕޯސްޓް
ރައްކާތެރިކަން ކަށަވަރުކުރަން، އެއާޕޯޓުގައި އިތުރު ސެކިއުރިޓީ ޗެކް ޕޯސްޓެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އެމްއޭސީއެލްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ސެކިއުރިޓީ ޗެކް ޕޯސްޓެއް ހުޅުވައިފި އެވެ.
Advertisement

އެމްއޭސީއެލް އިން ބުނީ މި ދެ ޗެކް ޕޯސްޓާއެކު އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި މިއީ ނުގަވާއިދުން މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

މި ޕޯސްޓް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބުރާހިމް ޝަރީފް މުހައްމަދުއެވެ. މި ޗެކް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޝަރީފް މީޑިއާ އާއި ބައްދަލު ކުރައްވައި ވިދާޅުވީ، މި ގާއިމު ކުރެވުނު ޗެކް ޕޯސްޓް ތަކަކީ ވަރަށް ޒަމާނީ ޗެކް ޕޯސްޓް ތަކެއް ކަމަށާއި، އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

"މި ޗެކް ޕޯސްޓްތައް ހުޅުވިފައިމިވަނީ ޒަމާނީ ވަސީލަތްތަކާއި އެކުގައި. އެއާ ސައިޑަށް ވަންނަ ކޮންމެ ސްޓާފަކު ޗެކް ކުރެވޭނެ، އަދި ވަންނަ ކޮންމެ ވެހިކަލެއް ވެސް ޗެކް ކުރެވިގެން މެނުވީ އެއާ ސައިޑަށް ދެން ނުވަދެވޭނެ" ޝަރީފް ވިދާޅުވި އެވެ.

އެއާސައިޑަށް ވަންނަން ހުންނަ ޗެކްޕޯސްޓްތައް އިތުރު ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެއަރޕޯޓުގެ އެއަރސައިޑުގައި ކުރާ މަސައްކަތްތަކަށް ދަތިނުވާވަރަށް ތަންތަން ހުންނަން ޖެހޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް