ads
ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ
ވަގަރު ރިސޯޓުގެ އިމާމު ހޯދަން 120000 މީޓަރުގެ ސަރަހައްދެއް ބަލައިފި
ވަގަރު ރިސޯޓުން ގެއްލުނު އިމާމު މީހާ ހޯދުމަށް 120000 މީޓަރުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުން ގެއްލުނު ބަންގްލަދޭސްގެ 30 އަހަރުގެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް ކަނޑުގެ ސާފޭސް އޭރިއާގެ 120000 ސްކެއާ މީޓަރު ބެލި ނަމަވެސް ގެއްލުނު މީހާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު އެމީހާ ހޯދުމުގެ މަސައްކަތުގައި އަދިވެސް ކޯސްޓްގާޑުގެ ލޯންޗުގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

އިމާމު މިހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެމީހާ ގެއްލިގެން އެމްއެންޑީއެފްގެ ނޮދާން އޭރިއާއަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 22:13 ހާއިރު އެވެ. އަދި ގެއްލިގެން ހޯދަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެއް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

ށ. އަތޮޅުގައި ހިންގަމުން އަންނަ އެ ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުން ފޯނު ކޯލެއްގައި ހުރެ ރިސޯޓްގެ ސަޕްލައި ޖެޓީއިން އެމީހާ މޫދަށް ފުންމާލާތަން ފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

އެމައްސަލަ ބެލުމަށް ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް