ads
ނިޔަފަތި ކައިފައި--
ނިޔަފަތި ކެއުން ހުއްޓާލާ، އެއީ ކުރަންވާ ވަރުގެ ކަމެއް ނޫން!
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. ގިނަ މީހުން ބުނާ ގޮތުގައި ނިޔަފަތި ކެއުމަކީ ދެވި ހިފާ ކަމެކެވެ. އެގޮތުން ބައެއް މީހުން އެއާދަ އުމުރުން 30 އަހަރާއި ހަމައަށް ދަންދެން ގެންގުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. ގިނަ މީހުން ބުނާ ގޮތުގައި ނިޔަފަތި ކެއުމަކީ ދެވި ހިފާ ކަމެކެވެ. އެގޮތުން ބައެއް މީހުން އެއާދަ އުމުރުން 30 އަހަރާއި ހަމައަށް ދަންދެން ގެންގުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި ނިޔަފަތި ކެއުމުގެ ސަބަބުން ސިއްހަތަށް އެތައް ގެއްލުންތަކެއް ލިބެއެވެ. އެގޮތުން ނިޔަފަތި ކާ މީހުންނަށް ރޯގާ ފަދަ ބަލިތައް ޖެހުން ފަސޭހަ ކަމަށް ދިރާސާ ތަކުން ދައްކައެވެ. ސަބަބަކީ ނިޔަފަތި އަދި އަތުގައި ހުންނަ ޖަރާސީމުތައް ފަސޭހައިން އަނގައިގެ ތެރެއަށް ވަންނާތީ އެވެ.

އޭގެ އިތުރުން ނިޔަފަތި ކެއުމުގެ ސަބަބުން ނިޔަފަތީގެ ވަށައިގެން ހުންނަ ހަންތަކަށާއި، މީހާގެ ދަތްތަކަށް ވެސް ގެއްލުން ލިބެއެވެ. ނިޔަފަތި ކާއިރު ހަންތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ބައެއް ފަހަރު ލޭ އަންނަ ގޮތް ވެއެވެ. އަދި ޖަރާސީމު އުފެދެ އެވެ.

ނިޔަފަތި ކެއުމުގެ ސަބަބުން ދަތްތައް ބަލިކަށިކޮށްލަ އެވެ. އަދި ބައެއް ފަހަރު ދަތް އެޅުމަށް ނުވަތަ ކެއުމަށް ބޭނުން ކުރާ ދަތްތަކުގެ ދޭތެރެ ދުރުކޮށްލައެވެ. މިހެން ދިމާވަނީ ތަކުރާރުކޮށް ނިޔަފަތީގައި ދަތްއެޅުމުގެ ސަބަބުން ދަތުގެ މޫތައް ނުވަތަ ބުޑު ބަލިކަށި ވާތީ އެވެ.

ނިޔަފަތި ކެއުމުގެ ސަބަބުން ނިޔަފަތީގެ ރީތިކަން ވެސް ގެއްލެ އެވެ. ރީތިކޮށް ބެހެއްޓުމަށްޓަކައި ގިނަ ކަންތައްތައް ކުރެވިދާނެ އެވެ.

އެގޮތުން ނިޔަފަތި ރީތިކޮށް ބެހެއްޓުމަށްޓަކައި ފިނިފެން ބޭނުން ކުރެވިދާނެ އެވެ. ކޮންމެ ދުވަހަކުވެސް ފިނިފެނުން ނިޔަފަތިތައް ދޮވެ ހަދާލުމުން ނިޔަފަތިތައް ރީތިވެގެން ދާނެ އެވެ. އަދި ނިޔަފަތިތައް މަޑު ފިޔާތޮށި ކުލައެއް އަރާނެ އެވެ.

އޭގެ އިތުރުން ލުނބޯ ފެލުމަށް ފަހު، ދެތިން ތިކި ފިނިފެނާއި އެއްކޮށްލައިގެން ނިޔަފަތިތަކުގައި އުނގުޅި ދާނެ އެވެ. ނިޔަފަތިތައް ސާފުވުމުގެ އިތުރުން ނިޔަފަތިތަކަށް އޭގެ ސަބަބުން އިތުރު ވިދުމެއް ވެސް އަންނާނެ އެވެ.

ނިޔަފަތިތައް ރީތިކޮށް ބެހެއްޓުމަށްޓަކައި ނިޔަފަތީގައި ކިއުކަމްބާ އުނގުޅި ދާނެ އެވެ. އެގޮތުން ކިއުކަންބާގެ ތޮށި މެށުމަށް ފަހު ނިޔަފަތީގައި އުނގުޅައި، އޭގެ ދިޔަ ނިޔަފަތި ތެރެއަށް އަސަރު ކުރަންދެން މަޑުކޮށްލާށެވެ. އަދި އެއަށް ފަހު އާދައިގެ ފެނުން ދޮވެލާނީ އެވެ.

މިހެން ހަފުތާއަކު ތިން ފަހަރު ބޭނުން ކުރެވިދާނެ އެވެ. ނިޔަފަށްޗަށް އަންނަ ބަދަލު ހަފުތާއެއް ތެރޭގައި ފެނިގެން ދާނެ އެވެ.

ނިޔަފަތި ކަނީ ނުވަތަ ދަތް އަޅަނީ މީރު ވެގެންނެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ މީހުން ނިޔަފަތި ކަނީ ފޫހިވުމުން ނުވަތަ ހާސްވުމުންނެވެ. ނަމަވެސް ހާސްކަން ކަނޑުވާލަން ނުވަތަ ފޫހި ފިލުވާލަން މިއީ ކުރުން އެންމެ ރަނގަޅު ކަންތައްތައްތޯ ވިސްނާލަން އެބަ ޖެހެއެވެ.

ނޭގި ހުރެ ނަމަވެސް ތި ކުރެވޭ ކަމަކީ އޭގެ ސަބަބުން ތިމާގެ ސިއްހަތަށް ގެއްލު ދެނިވި ކަމެއްކަން ހަނދުމަ ބަހައްޓާށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް