ads
ތައިލޭންޑް އިން 58 ބިލިއަން ޑޮަލރުގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފް ކޮށްފި
ތައިލޭންޑް ސަރުކާރުން ކޮވިޑް-19 ގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް 58 ބިލިއަން ޑޮލަރު (1.9 ޓްރިލިއަން ބާތު)ގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދެއް އޮންނަ ތައިލޭންޑުން ތައާރްފް ކުރި މި އިކޮނޮމިކް ޕެކޭޖުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެ ކަމަށް ތައިލޭންޑް ގެ ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

މިނިސްޓަރު ވިދާޅުވެފައި ވަނީ ޕެކޭޖުގައި ހިމެނޭނީ ފަހުންދޭ ގޮތަށް ނަގާފައިވާ އެއް ޓްރިލިއަން ތައިލެންޑް ފައިސާ އާއި އެގައުމުގެ ސެންޓްރަލް ބޭންކުން ނެގޭ 900 ބިލިއަން ތައިލެންޑް ބާތު ކަމަށެވެ. 

ތައިލޭންޑުން މިހާތަނަށް 2،258 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އެގައުމުން 27 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައި ގަތުމަށް އެކި ގައުމުތަކުން ދަނީ އެކި ވަރުގެ އިކޮނޮމިކް ޕެކޭޖުތައް ތައާރަފް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް