ads
މާލޭ ޖަލު-- ފޮޓޯ ޕީއެސްއެމް
އައްސޭރި ޖަލުގައި މަސައްކަތްކުރާ މުވައްޒަފުން ރަށުން ފޭބުން މަނާ
އައްސޭރި ޖަލުގައި މަސައްކަތްކުރާ މުވައްޒަފުން ރަށުން ބޭރަށް ދިއުން މަނާކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ބުނެފި އެވެ.

ސީއެންއެމް މައުލޫމާތު ދެއްވަމުން ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ޑިއުޓީ ނިންމާ ޗުއްޓީއަށް ނުވަތަ އޮފަށް ދިއުން މަނާކުރީ ކޮވިޑް-19 އަށް ޖަލުގައި ތިބި ގައިދީންގެ ސަލާމަތާއި ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. 

އެހެންކަމުން ޑިއުޓީ ނިންމާ ރަށުތެރޭގައި އުޅުން ފުރުސަތު ކުޑަކުރުންކަމަށް ވިދާޅުވިއިރު ވައިރަހަށް ޝައްކުކުރެވޭ ފަރާތްތައް މޮނިޓާކުރަމުންދާކަމަށް ޔުސްރީން ވިދާޅުވި އެވެ.

ނަމަވެސް އަހަރީ ޗުއްޓީއަށްދާ އޮފިސަރުންނާއި މުވައްޒަފުން މިހާލަތުގައި އިސްތިސްތާނާ ވާނެކަމަށްވެސް ޔުސްރީން ވާހަކައިގައި ފާހަގަކުރެއްވި އެވެ.

" އެކި ތަންތަންނަށް ދަތުރުކުރުން ސަރުކާރުންވެސް އެދިފަ އޮތީ ހަމަ މީހުން އެކި ތަންތަނަށް ދަތުރުނުކޮށް މަޑުކުރުމަށް. އެގޮތުން ރަށުގެ ރައްކަލަކައްޓަކާ ދެން އެހެން ނެރަފަ އިން ނޯޓިސްއެއް އެއީ. ހަމައެކަނި އައްސޭރި ޖަލުގެ މުވައްޒަފުންނާއި އޮފިސަރުންނަށް. އެ ޖަލެއްގައި އެ ޖަލަކުން. އެހެންނޫނަސް މިތަންވަޅުގަ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަލާމަތީ ފިޔަވަޅު އަޅައިގެން މިއުޅެނީ ކިރިއާވެސް އަލާމަތެއް ފެނިއްޖެނަމަ ޑިއުޓީއަށް ނުނެރެ ފަރުވާ ދިނުމާ މިކަހަލަ ކަންކަން ކުރަން " ޔުސްރީން ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން އައްސޭރި ޖަލުގައި މަސައްކަތްކުރާ މުވައްޒަފުން ރަށުން ބޭރަށް ދިއުން މަނާކޮށްފައިވާއިރު ރައްކާތެރިވުމަށް ޖަލުތަށް ޑިސްއިންޕެކްޓްކުރުމާއި ޑިއުޓީ ކުރާ އޮފިސަރުންގެ ހުން ބެލުމުގެ މަސައްކަތް ކަރެކްޝަނުން އަންނަނީ ކުރަމުންނެވެ. އަދި ޖަލުތަކުގައި އެކަހަރި ބައްދަލުވުން މެދުކަނޑާލައި ވީޑިއޯ ކަންފަރެންސް މެދުވެރިކޮށް ބައްދަލުވުންތައް ބާއްވަން ވެސް ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް