ads
ބޭންކް އޮފް މޯލްޑިވްސް
ބޭންކުގެ ވެރިންގެ މުސާރައަކީ ވިޔަފާރީގެ ސިއްރެއް: ސުޕްރީމް ކޯޓު
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންނާއި ބޭންކްގެ އިސްވެރިންގެ މުސާރައަކީ ވިޔަފާރީގެ ސިއްރުތަކެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންނާއި ބޭންކްގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކަކީ ވިޔަފާރީގެ ސިއްރުތަކެއްގެ އިތުރުން ބައެއް ޒާތީ މައުލޫމާތުތަކެއް ކަމަށް ވާތީ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ، އެ މައުލޫމާތު ދޭން ހައިކޯޓުން ބޭންކުގެ މައްޗަށް އެންގި އެންގުން ބޭންކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދު ކޮށްފަ އެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެއީ ދައުލަތުގެ އިދާރާއެއް ކަމަށް ނުބެލެވޭނެ ކަމަށް ބުނެ އާއި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ ވިޔަފާރީގެ ސިއްރުތަކެއް ކަމަށް ބުނެ އެވެ.

"އެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކެއް ކަމަށްވާތީ އެ މައުލޫމާތުތަކަކީ އެ ފަރާތްތަކުގެ ރުހުން ނެތި ދޫކުރެވޭނެ މައުލޫމާތުތަކެއް ނޫން. އަދި ތިން ވަނަ ފަރާތްތަކުގެ ރުހުން ނެތް ނަމަވެސް އެ މައުލޫމާތުތަކަކީ ދޫކުރަންޖެހޭ ފަދަ ފުޅާ އާންމު މަސްލަހަތެއް އޮތް މައުލޫމާތެއް ވެސް ނޫން،" ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ އެ ކުންފުނީގެ ވިޔަފާރީގެ ސިއްރުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މައުލޫމާތަކީ ބައެއް ޒާތީ މައުލޫމާތެއް ކަމަށާއި އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ވާތީ އެ މީހުންގެ ހުއްދަ ނެތި އެ މައުލޫމާތު އާންމު ނުކުރެވޭނެ ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންނަމަވެސް ހުކުމުގައިވާ ގޮތުން ބީއެމްއެލްގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސުލޫތައް ހިންގޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް