ads
އައިޝްވާރިޔާ ރާއީ--
އައިޝްވާރިޔާގެ ރަން ޒަމާނުގެ ވީޑިއޯއެއް އާންމުވެއްޖެ
އައިޝްވާރިޔާ ރާއީ ބައްޗަންއަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ތަރިއެކެވެ. އޭނާ ވަނީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފަދަ ފިލްމުތަކުގައި ވަރުގަދަ އެކްޓިންއެއް ދައްކުވައިދީފަ އެވެ. ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި އެންމެ ނަން ވިދާލި އައިޝްވާރިޔާގެ އޭރުގެ ވީޑިއޯއެއް މިވަނީ އާންމުވެފަ އެވެ.

މިއަދު އާންމުވި މި ވީޑިއޯއަކީ އައިޝްވާރިޔާގެ ފިލްމެއްގެ ޝޫޓިން ތެރެއިން ނަގާފައިވާ ވީޑިއޯއެކެވެ. އެގޮތުން "ރަދޭޝްޔަމް ސިތާރާމަ" ގެ ނަންދީފައިވާ އެ ފިލްމަކީ 1997 ވަނަ އަހަރުގެ ފިލްމެއް ނަމަވެސް އެ ފިލްމު ރިލީޒެއް ނުކުރެ އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެނިގެންދަނީ މޭކަޕްކުރާ މަންޒަރާއި އެ ފިލްމުގެ ލަވަޔަކަށް އައިޝްވާރިޔާ ނަށާ މަންޒަރެވެ. މި ވީޑިއޯއާއެކު ގިނަ ބަޔަކު އަންނަނީ އައިޝްވާރިޔާގެ ރީތިކަމަށް ތައުރީފް ކުރަމުންނެވެ. 

1994 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު އުފުލާލި އައިޝްވާރިޔާ ވަނީ ބޮލީވުޑުގެ ހިޓް ގިނަ ފިލްމުތަކަކުން ފެނިފައިވާ ތަރިއެކެވެ. އެންމެ ފަހުން 2016 ވަނަ އަހަރު، ނެރުނު ފިލްމު "އޭ ދިލް ހޭ މުޝްކިލް" އިން އައިޝްވާރިޔާ ފެނިގެންދިޔައިރު އެ ފިލްމަށް އެހާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް