ads
މެލޭޝިއާއިން ރާއްޖެ އައި 200 ދިވެހިން ކަރަންޓީނަށް!
މެލޭޝިއާގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ރޭ ބޭއްވި ފްލައިޓުގައި 200 ދިވެހިން ރާއްޖެ ގެނެސް ކަރަންޓީންކޮށްފި އެވެ.

މޯލްޑިވިއަންގެ ފްލައިޓުގައި މި މީހުން ރާއްޖެ ގެނެސްފައި ވަނީ ރޭ ފަތިހު، 4:20 ހާއިރެވެ. ސަރުކާރުން ގާއިމުކޮށްފައިވާ އެކި ކަރަންޓީނު ފެސިލިޓީގައި މި މީހުން މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ. 

މެލޭޝިއާގައި އުޅޭ ދިވެހިން ގެނައުމަށް އެގައުމުގެ ސަރުކާރުން ދިން ހުއްދަައާއެކު ރާއްޖެއަށް އެކި ބޭނުންތަކަށް އައިސް އުޅުނު މެލޭޝިއާގެ 30 ރައްޔިތަކު މޯލްޑިވިއަންގެ ފްލައިޓުގައި ވަނީ ގައުމަށް ގެންގޮސްދީފަ އެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ދިރިއުޅޭ ދިވެހިން ގެންނަން މޯލްޑިވިއަނުން މުޅިން އަލަށް އެ މަންޒިލަށް ދަތުރުކޮށްފައިވާއިރު މޯލްޑިވިއަނުން ވަނީ ލަންކާގައި ނާދެވިފައި ތިބި 100 ދިވެއްސަކު ވެސް ރާއްޖެ ގެނެސްފަ އެވެ. ލަންކާއަކީ ވެސް މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލެއް ނޫން ކަމުން، މި ދަނޑިވަޅުގައި އެެމީހުން ގެންނަން އެ ގައުމުތަކުގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރަނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. 

ރާއްޖޭއިން ބޭރުގައި ދިރިއުޅޭ އިތުރު ދިވެހިން ގެނައުމުގެ މަސައްކަތް ވެސް މޯލްޑިވިއަނުން ކުރަމުން އަންނައިރު މިމަހުގެ 11 ވާ ހޮނިހިރު ދުވަހު، ޓްރެވެންޑްރަމުގައި ދިރިއުޅޭ ދިވެހިން ގެނައުމަށް ވަނީ ނިންމާފަ އެވެ.

މިދަނޑިވަޅުގައި ބޭރުގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާއިރު ގައުމުތަކަށް ކުރާ ފުރަތަމަ ދަތުރުގައި ޖާގަ ނުލިބޭތީ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންވެ. އެކަމަކު، އެގައުމުތަކަށް ވެސް އިތުރު ދަތުރުކުރުމަށް މަސައްކަތްކުރާކަމަށް ސަރުކާރުން ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް