ads
ކުޅުދުއްފުށި
ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނަކަށް ހަމަލާދީފި
ހދ. ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނަކަށް ހަމަލާދީ އޭނާގެ ވޮލެޓު ފޭރިގަނެފި އެވެ.

ފުލުހުން ބުނީ ރޭ 10:30 ހާއިރު ކުޅުދުއްފުށީގައި މަސައްކަތްކުރާ ބަންގްލަދޭޝް ފިރިހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް މޫނު ނިވާކޮށްފައި ތިބި ދެމީހަކު ސައިކަލެއްގައި ގޮސް އެމީހާގެ ގައިގައި ދަނޑިބުރިއަކުން ޖަހައި މާރާމާރީ ހިންގުމަށްފަހު ވޮލެޓު ފޭރިގަނެފައިވާ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ.

މި މާރާމާރީގައި ބަންގްލަދޭޝް މީހާގެ ވާއަތު ބުމައިގެ މަތިން އެއް އިންޗިއެެއްހާ ތަން ފަޅައިގެން ގޮސްފައިވާއިރު ފުލުހުން ބުނީ އެ މީހާގެ ކަނާއަތަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. 

އެ މީހާ ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް