ads
ޖޭއެސްސީ --
ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖޭއެސްސީން އެދެފި
ސިއްހީ ކުއްލި ހާލަތެއް އިއުލާނު ކޮށްފައިވި ނަމަވެސް ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއްކަމަށާއި ކޯޓުތަކުން މިކަމަށް ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން އެދެފިއެވެ.

މިއަދު ޖޭއެސްސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދު ބޭއްވުނު ޖަލްސާއެއްގައި ސުޕީރިއާ ކޯޓުތަކާއި އިސްތިއުނާފީ މަރުހަލާ ކޯޓުތަކުން ޝަރީއަތްތައް ހިންގާނެގޮތުގެ އުސޫލުތަކެއް އެކުލަވާލުމަށްފަހު އެއުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެދި ދަންނަވަން ކޮމިޝަނުން ނިންމާފައިވެއެވެ.

އަދި މީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުން މިމުއްދަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އިސް މެޖިސްޓްރޭޓުންނާ މަޝްވަރާ ކުރުމަށްފަހު އެކުލަވާލުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށްވެސް ނިންމާފައިވެއެވެ.

ޖޭއެސްސީއިން ވަނީ ކޯޓުތަކުން އާންމުކުރާ އުސޫލުތަކާއި އެއްގޮތަށް މަސައްކަތްކުރެވޭނޭ މަގު ފަހިކޮށްދީ އިންތިޒާމްތައް ހަމަޖައްސައިދިނުމަށާއި ފަނޑީޔާރުންނާއި ކޯޓުގެ މުވައްޒަފުންގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި އިދާރީ ކަންކަން ރޭވައިދޭން ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށްވެސް ނިންމަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް