ads
ޓީޓުވެންޓީ ވޯލްޑްކަޕް ލޯގޯ
ޓީޓުވެންޓީ ވޯލްޑްކަޕް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ
ޓުވެންޓީ ޓުވެންޓީ ކްރިކެޓް ވޯލްޑްކަޕް، މިހާރުވެސް ޝެޑިއުލްކޮށްފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފިއެވެ. ޓީޓުވެންޓީ ވޯލްޑްކަޕް އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހު، އޮސްޓްރޭލިއާގައެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން، މުޅި ދުނިޔޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއްހެން ހުއްޓުމަކަށް އައިސްފައިވާއިރު، ޓީޓުވެންޓީ ވޯލްޑްކަޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނިކް ހޮކްލޭ އުއްމީދުކުރައްވާ ގޮތުގައި އެ މުބާރާތުގެ ޝެޑިއުލްއަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެހެންނަމަވެސް، ދިމާވެފައިވާ ސިއްހީ ނުރައްކާތެރި ހާލަތާއި ގުޅިގެން މުބާރާތުގެ ޝެޑިއުލަށް ބަދަލެއް ގެންނަން ޖެހިދާނެ ކަމަށް ތައްޔާރަށް ތިއްބެވި ކަމަށް ހޮކްލޭ ވިދާޅުވިއެވެ.

އުއްމީދަކީ މިހާރު މި ދިމާވެފައިވާ ނުރައްކާތެރި ހާލަތުން މިންޖުވެ، މުބާރާތް މިހާރުވެސް ކަނޑައަޅާފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކުރިއަށް ގެންދިޔުން. އެހެންނަމަވެސް އެންމެންވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެންމެ އިސްކަމަކީ ހުރިހާ އެންމެންގެ ރައްކާތެރިކަން.

ޓީޓުވެންޓީ ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މުބާރާތް ހޯސްޓްކުރާ އޮސްޓްރޭލިއާއާއި ޕާކިސްތާނެވެ. އޮސްޓްރޭލިޔާގެ ގައުމީ ކުޅިވަރަކީވެސް ކްރިކެޓް ކަމަށްވުމުން އެ ގައުމުން އަންނަނީ މުބާރާތަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަހާއި ގުޅިގެން އޮސްޓްރޭލިއާގެ ބޯޑަރުތައްވެސް މިވަގުތުވަނީ ބަންދުކޮށްފައެވެ. އޮސްޓްރޭލިއާގައިވެސް ކޮރޯނާ ފެތުރިފައިވާއިރު މިހާތަނަށް އެ ބަލީގައި އޮސްޓްރޭލިއާއިން ތިރީސް ނުވަ މީހުން މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް