ads
ރަންވީރާއި ދީޕިކާ--
ލޮކްޑައުނުގައި ދީޕިކާ އާއި ރަންވީރު ކުރާނެ ކަމެއް ނޭނގިފައި؟
މުޅި އިންޑިއާ ލޮކްޑައުނެއްގަައި އޮތުމުން ބޮލީވުޑުގެ ތަރިން ވެސް މިވަނީ ގޭގައި ބަންދުވެފަ އެވެ. މި ތަރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަ ކަންކަން ހިއްސާކުރަމުން އަންނައިރު ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް ވެސް މިދުވަސްވަރު ސޯޝަލް މީޑިއާއާ ވަރަށް ގާތެވެެ.

އުޅޭ ނޫޅޭގޮތް ކޮންމެ ދުވަހަކު އަންގަމުން އަންނައިރު ރޭގެ ވަގުތެއްގައި ރަންވީރު މިވަނީ އޭނާ އާއި ދީޕިކާ މިކީ އަދި މިނީ މައުސްގެ ގޮތުގައި ފެނިގެންދާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެގޮތުން ކައި ކައި ރަންވީރުގެ ބަނޑު ފުރިފައި ހުރި މަންޒަރު ވެސް ފެނެ އެވެ. 

މީގެ ކުރިން ދީޕިކާ ވެސް ވަނީ ގޭގެ އަލަމާރި ސާފުކުރަން އުޅޭ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. އަދި ކެއްކުމުގައި އަވަދިނެތި އުޅޭ ފޮޓޯތަކެއް ވެސް ހިއްސާކުރި އެވެ. އަދި ދީޕިކާ ވަނީ ރަންވީރުގެ ނިތްކުރީގައި "ހަޒްބެންޑް" ޖަހާފައިވާ ގަނޑުކޮޅެއް ވެސް ނިދާފައި އޮތްވާ ހިއްޕާފަ އެވެ.

ދީޕިކާ ބުނާ ގޮތުންނަމަ މި ލޮކްޑައުނުގައި އެންމެ ބަލަން ފަސޭހައީ ރަންވީރެވެ. އެގޮތުން 20 ގަޑިއިރު ރަންވީރު އޮންނަނީ ނިދާފައި ކަމަށް ދީޕިކާ ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް