ads
ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ކުޑަކުދިންނަށް ހާއްސަ ފޮތެއް ނެރެފި
ކޮވިޑް-19 ގެ ކަންކަން ކުޑަކުދިންނަށް އަންގައިދިނުމުގެ ގޮތުން ހާއްސަ ފޮތެއް ނެރެފި އެވެ.

ހިއުމެނިޓޭރިއަން ސެކްޓާގެ 50 ޖަމިއްޔާ އަކުން ވެގެން ކޮވިޑް-19 އޮޅިންފިލުވައިދިނުމަށާއި، ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމަށް އަންނާނެ ލޮޅުންތަކާއި، އެކަމާއި މެދު ކަންތައް ކުރާނެ ގޮތް ކިޔައިދީ ކުޑަކުދިންނަށް ހާއްސަ ވަހަކަ ފޮތެއް ނެރިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މައުލޫމާތުދީފައިވެއެވެ.

މި ވާހަކަ ފޮތް (މައި ހީރޯ އިސް ޔޫ، ހައު ކިޑްސް ކޭން ފައިޓް ކޮވިޑް-19!) ގައި އާރިއޯގެ އެހީގައި ކުޑަކުދިންނަށް، ކޮވިޑް-19 އިން ރައްކާތެރިވާނެ ގޮތާއި، އަދި ކުއްޖާގެ އާއިލާ އަށް ރައްކާތެރިވާނެހެން އަމަލު ކުރާ ގޮތް ކިޔައިދެއެވެ. މީގެ އިތުރުން މިކަހަލަ ދަނޑިވަޅެއްގައި ކުދިންގެ އިހްސާސް ތަކެއް އަންނާނެ ބަދަލު ތަކާއި އެކަމާއި މެދު ކަންތައް ކުރެވޭނެ ގޮތް ވެސް މި ފޮތުގެ އަލީގައި ކުޑަ ކުދިންނަށް އަންގައިދެއެވެ.

your imageމައި ހީރޯ އިސް ޔޫ، ހައު ކިޑްސް ކެން ފައިޓް ކޮވިޑް-19

މި ފޮތް ހާއްސަ ކުރެވިފައިވަނީ ހަ އަހަރާއި އެގާރަ އަހަރާއި ދެމެދުގެ ކުޑަ ކުދިންނަށެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންގޮއްސަފައި ވަނީ ޑަބްލިއުއެޗްއޯ އާއި، އދ. ކުޑަކުދިންގެ ފަންޑާއި، އދ. ރެފިއުޖީ ހައި ކޮމިޝަނާއި، ރެޑް ކްރޮސާއި ރެޑް ކްރެސެންޓް އަދި ސޭވް ދަ ޗިލްޑްރަން ގެ އެހީގެ ދަށުން އިންޓާ އޭޖެންސީ ސްޓޭންޑިންގް ކޮމެޓީ (އައިއޭއެސްސީ) ގެ މެންޓަލް ހެލްތު އަދި ސައިކޮލޮޖިކަލް ސަޕޯޓު ގްރޫޕް އިންނެވެ.

ވީހާވެސް ގިނަ ކުދިންނަކަށް ފޯރު ކޮށްދިނުމުގެ ގޮތުން، މި ފޮތް ހަ ބަހަކަށް ވަނީ މިއަދު ޓްރާންސްލޭޓު ކޮށްފައެވެ. އަދި އިތުރު 30 ބަހަކަށް ޓްރާންސްލޭޓު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި ފޮތް އޮންލައިން ކޮށާއި އަދި މި ފޮތުގެ އޯޑިއޯ ވެސް ލިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް