ads
ދަރިވަރުންތަކެއް އިމްތިހާނެއް ހަދަނީ
އެސްއެސްސީ އިމްތިހާނު ފަސްކުރުމަށް މަޝްވަރާ ކުރަނީ
އެސްއެސްސީ އިމްތިހާނު ފަސްކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އޯލެވެލް ވަގުތު ބަދަލުކުރުމާއި ގުޅޭގޮތުން ކޭމްބްރިޖާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން މިހާރަށް އޭ ލެވެލް އިމްތިހާނު ފަސްކޮށްދީފައިވާ ކަމަށާއި އޯލެވެލް އިމްތިހާނު އޮތީ އޮކްޓޯބަރު އަދި ނޮވެމްބަރު ކަމުން އެކަމާ ގުޅޭ މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އެސްއެސްސީ އިމްތިހާނަށް ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ކެމްބްރިޖު ޔުނިވާސިޓީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލްތައް ބަންދުކޮށްފައިވާތީ އެޔުނިވާސިޓީން ބާއްވާ ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ބުނެފައެވެ.

ރާއްޖޭގައި އޭ ލެވެލްގައި ދަރިވަރުން ހަދަނީ އެޑެކްސެލް އިމްތިހާނަށްވާއިރު ރާއްޖޭގައި ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަނީ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ކަމުން އެޔުނިވާސިޓީގެ އެނިންމުމުން ރާއްޖެއަށް މާ ބޮޑަށް އަސަރު ނުކުރާނެ އެވެ.

ރާއްޖޭގެ ގިނަ ދަރިވަރުން އެ އިމްތިހާނުގައި ބައިވެރި ނުވި ނަމަވެސް އަމިއްލަ ބައެއް ސްކޫލްތަކުގައި މެއި އަދި ޖޫންގައި ކެމްބްރިޖް އިމްތިހާނު ހަދައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް