ads
ކަރަން ޖޯހަރާއި އޭނާގެ ދެ ދަރިން--
ކަރަން ޖޯހަރު ލަވަކިޔުމުން އޭނާގެ ދަރިންގެ ގާތަށް އަންނަނީ ހިނި!
ބޮލީވުޑުގެ ކުޅަދާނަ ޕްރޮޑިއުސަރު، ކަރަން ޖޯހަރަކީ ހުނަރުން ފުރިގައިވާ މީހެކެވެ. ދަރިންނާއެކު އުޅޭ ނޫޅޭގޮތް ދޭތެރެއަކުން ސޯޝަލް މީޑިއާއަށް ހިއްސާކުރާ ވީޑިއޯއަކުން ދައްކައިދެ އެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

ކަރަން ޖޯހަރުގެ ޔަޝް އާއި ރޫހީ ކެއުމަށް އިންސާފު ކުރަން ތިއްބާ ކަރަން މިވަނީ އެކުދިންގެ ކައިރިއަށް ގޮސް ލަވައެއް ކިޔާފަ އެވެ. އެގޮތުން ކަރަންގެ ފިލްމު، "އޭ ދިލް ހޭ މުޝްކިލް" ގެ "ޗެންނާއި މޭރެޔާ" މި ލަވަ ކަރަން ކިޔަން ފެށުމުން އޭނާގެ ދަރިން ވަނީ ލަވަ ކިޔުން ހުއްޓާލަން އެދިފަ އެވެ.  

އެކަމަކު އެގޮތަށް ދަރިން އެދުމުން ވެސް ކަރަން ލަވަކިޔަން ފެށުމާއެކު އޭނާގެ ދެ ދަރިންގެ ގާތަށް ހިނި އަންނަން ފެށި އެވެ.

މީގެ ތަންކޮޅެއް ކުރިން، ކަރަން ހިއްސާކުރި ވީޑިއޯއަކުން ވެސް އޭނާގެ ދަރިން، ކަރަންގެ ބޮޑު ބަނޑެއް ހުންނާތީ އެކަމާ ވެސް ހޭ މަންޒަރު ފެނިފައިވެއެވެ. އެއާއެކު ކަރަން ވަނީ އޭނާ ވެސް ޖިމަށް ދާން ފަށާނެ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް