ads
ރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
ރައީސް ޔާމިން ޖަލަށްލީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ދުއްވާލަން: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައި ވަނީ އެމަނިކުފާނުގެ ސިޔާސީ ކެރިއަރު ހަލާލުކޮށްލުމަށްކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ކުރީގެ މެމްބަރު އަބްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން އިސްތިއުނާފުގެ ޝަރީއަތް ދިގުލައިގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އިދިކޮޅު ކޯލިޝަނުން އެޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އަބްދުރަހީމް ވިދާޅުވީ ރައީސް ޔާމިންގެ ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވާ އެމަނިކިފާނު ޖަލުގައި ދުވަސްތައް ހޭދަކުރުމަށް ބާރު އަޅާ ގޮތަށް ކަންކަން ބައްޓަންކުރަމުންދާ ތަން ފެންނަ ކަމަށެވެ. 

އެގޮތުން ރައީސް ޔާމިންގެ ސިޔާސީ ކުރިމަގު ހަލާކު ކުރުމަށް މި ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށާއި އަދި އެމަނިކުފާނަށް ޒާތީ ހަސަދަ ފިލުވަމުންދާކަމަށް ވެސް އަބްދުރަހީމް ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

"މިއީ ކަނޑައެޅިގެން ޒާތީ ހަސަދައެއް ފިލުވާލުމައްޓަކައި ރައީސް ޔާމިން ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު ގެއްލުވާލުމަށްޓަކައި އެމަނިކުފާނުގެ އަގުވައްޓާލުމައްޓަކައި މިއަދު ސަރުކާރުން އިސްވެ އޮވެގެން ކުރަމުންދާކަމެއްކަމާ ދޭތެރެ އަޅުގަނޑުމެން ސައްކެތްނުކުރަން. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ މީހުން އެކަން ގަބޫލުކުރާ ގޮތް. " އަބްދުރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީ ކުލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ ހައްގުތަކެއްވާއިރު އަދުލުވެރިކަމާއެކު ޝަރީއަތްކުރުމާއި، އިންސާފު ހޯދައިދުނުމާ، މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްކޮން ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންވޭކަމަށްވާނަމަ ރައީސް ޔާމިންގެ ޝަރީއަތް ވީޑިއޯ ކަންފަރެންސްކޮށް ބޭއްވެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް ގެއްލިފައިވާ ހައްގުތައް ހޯދައިދީ އިންސާފުވެރި ޝަރިއަތެއް ބޭއްވުމަށް ސަރުކާރަށް ގޮވާލާކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް