ads
ވިއްކާލާނެ ކަމަށް ބެލެވޭ ޔުނައިޓެޑްގެ ފަސް ކުޅުންތެރިން
މެންޗެސްޓަރ ޔުނައިޓެޑްގެ ފަސް ކުޅުންތެރިއަކު ވިއްކާލަނީ
މެންޗެސްޓަރ ޔުނައިޓެޑްގެ ފަސް ކުޅުންތެރިޔަކު ވިއްކާލަން، ކޯޗު އޮލެ ގުނަ ސޯލްޝެއާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިއްކާލާނެ ކަމަށް ބެލެވޭ ލިސްޓުގައި ހިމެނެނީ ލޯނެއްގެ ދަށުން މިހާރު ދޫކޮށްފައިވާ އެލްސިސް ސަންޗޭޒްއާ ކްރިސް ސްމޯލިންގެ އިތުރުން ޖެސީ ލިންގާޑް އަދި އަންދްރެއަސް ޕެރެއިރާއެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި، ޔުނައިޓެޑްގެ ސްކޮޑް "އޯވާހޯލް" ކުރުމަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ބޭނުންވެއެވެ. އަދި އެ ގޮތުގެ މަތިން، ދެން އެންމެ އަވަހަށް ހުޅުވޭ ޓްރާންސްފާ ވިންޑޯއެއްގައި ސަންޗޭޒް، ސްމޯލިން، ލިންގާޑް އަދި އަންދްރެއަސް ވިއްކާލާނެއެވެ. މީގެ ތެރެއިން ސަންޗޭޒްއާ ސްމޯލިންއަކީ މިހާރުވެސް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ދެ ކުޅުންތެރިންނެވެ. ލޯނު އެގްރީމެންޓެއްގެ ދަށުން އިންޓާމިލާނަށް ސަންޗޭޒް ކުޅެމުން އަންނައިރު، ސްމޯލިން ކުޅެނީ ރޯމާއަށެވެ.

ވިއްކާލާނެ ކަމަށް ބެލެވޭ ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ފިލް ޖޯންސްއަކީ މިވަގުތު ޔުނައިޓެޑްގައި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ އެކަކެވެ. ޔުނައިޓެޑްގެ ތާރީހުގައިވެސް އެންމެ ރަނގަޅު އެއް ޑިފެންޑަރުންގެ ތެރޭގައި ހިމެނޭނެ ކަމަށް ކުރިން ބެލެވުނު ފިލް ޖޯންސްގެ ފޯމް ކަޓައި، ޓީމުން މިހާރު ފުރުސަތުވެސް ނުލިބެއެވެ. ފިލް ޖޯންސްވަނީ ޔުނައިޓެޑަށް  ދުވިސައްތަ ސައުވީސް މެޗު ކުޅެ، ހަ ގޯލް ޖަހާދީފައެވެ. ވިއްކާލާނެ ކަމަށް ބެލެވޭ ލިސްޓުގައި ހިމެނޭ ލިންގާޑް އަދި އަންދްރެއަސްގެ ފަރާތުންވެސް މި ފަހަކުން އެދެވޭ ކުޅުމެއް ނުފެނެއެވެ.

ބެލެވޭ ގޮތުގައި މި ފަސް ކުޅުންތެރިން ވިއްކާލުމަށް ފަހު ޔުނައިޓެޑުން ގަންނަން މަސައްކަތް ކުރަނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯއެވެ. އުމުރުން ވިހި އަހަރުގެ ޖޭޑަން ސަންޗޯ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން އިނގިރޭސި އެހެން ބައެއް ކުލަބުތަކުންވެސް ބޭނުންވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް