ads
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 1 ލައްކަ އަށް
މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަނޑުކަމުގައި މަރުވި މީހުންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 100,451 އަށް އަރާފަ އެވެ. 

ކޮވިޑް-19 ގައި އެންމެ ގިނަ މީހުން މިހާތަނަށް މަރުވެފައި ވަނީ އިޓަލީގަ އެވެ. އިޓަލީ އިން މިހާތަނަށް 18,849 މީހުން މަރުވެފައި ވާއިރު އެގައުމުން 147,577 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. 

މި ބަލި އެންމެ ބާރަށް މިހާރު ފެތުރެމުންދާ ގައުމަކީ އެމެރިކާ އެވެ. އެމެރިކާއިން މިހާތަނަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 17,995 އަށް އަރާފަ އެވެ. 

ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގައުމަކީ ސްޕެއިން އެވެ. ސްޕެއިން އިން 157,053 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އެ ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ ފަނަރަހާ ހަށް ވުރެ މައްޗަށް އަރާފަ އެވެ. 

އޭގެ އިތުރުން ޖަރުމަނުގަ އާއި ފްރާންސް ގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރާފައި ވާއިރު، ފްރާންސުން ވަނީ ކޮވިޑް-19 ޖެހިގެން 12,210 މީހުން މަރުވެފަ އެވެ. 

ކޮވިޑް-19 އަށް މުޅި ދުނިޔެއިން އެއް މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ޕޮޒިޓިވް ވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 370,001 މީހުން ވަނީ ބަލިން ރަނގަޅު ވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް