ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
ބައެއް ހިދުމަތް ދިނުމަށް މި ހަފްތާގައި އެމްޑަބްލިއުއެސްސީގެ އޮފީސް ހުޅުވަނީ
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޯމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ބައެއް ހިދުމަތް ފޯރުކޮށްދިނުމަށް ދެ ދުވަހަށް އޮފީސް ހުޅުވާން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ ކޮވިޑް-19 ގުޅިގެން ސަރުކާރު ބަންދުކޮށްފައިވުމުން އެކުންފުނިން ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް މި ހަފްތާގެ 13 ވާ ހޯމަ ދުވަހާއި، 15 ވާ އަންގާރަ ދުވަސް ހިދުމަތް ދިނުމަށް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހެނދުނު 9:00 އިން މެންދުރު 12:00 ހިދުމަތް ދިނުމަށް ހުޅުވަން ނިންމާފައިވާއިރު ފެން ބިލަށް ޗެކު މެދުވެރިކޮށް ފައިސާ ބަލައިގަތުމާއި ކޯޓޭޝަންތަކަށް ޗެކާ، ކާޑް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ކަސްޓަމްސް ސާވިސް ކައުންޓަރުން ނިންމާފަކަމަށް އެކުންފުނިން ބުނެ އެވެ. އަދި ސިޓީ އާއި އިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމާއި ހުށައަޅާފައިވާ އިންވޮއިސްތަކަށް ޕޭމަންޓް ދޫކުރުން ހަމަޖެހިފައި ވަނީ ރެސެޕްޝަނުން ކަމަށް ބުނެ އެވެ.

އޭގެ އިތުރުން މިދުވަސްތަކުގައި މިކުންފުނިން އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކަސްޓަމާ ސާވިސްގެ ކައުންޓަރު ތަކުންވެސް މި ހިދުމަތްތައް ދޭން ހަމަޖެހިފައިވާއިރު ފެން ބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަދެވިފައިވާ ޕޭމަންޓް އައުޓްލެޓްތަކުން ފެން ބިލަށް ފައިސާ ދެއްކޭނެކަމަށް އެކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް