ads
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން-- ފޮޓޯ: ޓްވީޓާ
ކައުންސިލްތަކުން އަންހެނުންނަށް ގޮނޑިތައް ކަނޑައެޅުން ބުދަ ދުވަހު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިތައް ބުދަ ދުވަހު ކަނޑައަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިތައް ބުދަ ދުވަހު ކަނޑައަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިތައް ކަނޑައެޅުމަށްޓަކާ ބާއްވާ ގުރުއަތުލުން އަންނަ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމިޝަނުން މިގޮތަށް ނިންމާފައި ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމުމާއި ގުޅިގެންނެވެ.


ކައުންސިލް އިންތިހާބުގައި ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ބަހާލާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ބުނާ ގޮތުން ފުވައްމުލަކު ސިޓީއަށް އިންތިހާބު ކުރަނީ 6ހަ ކައުންސިލަރުންނެވެ. އަދި އައްޑޫ ސިޓީއަށް 12 ކައުންސިލަރުން އިންތިހާބު ކުރާ އިރު މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ ތެރެއިން މާލެ ސިޓީ ކައުންސިލްގެ ހަ ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އަދި އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި އަންހެނުންނަށް ހާއްސަ ކުރާއިރު ފުވައްމުލަކުން އަންހެނުންނަށް ހާއްސަ ކުރަނީ ދެ ގޮނޑި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް