ads
ހިލަރީ---
އެކްޓަރެސް ހިލަރީ ކޮވިޑް-19 ޖެހިގެން މަރުވެއްޖެ
ހޮލީވުޑުގެ އެކްޓަރެސް ހިލަރީ ހެއިތު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ އެވެ.

އުމުރުން 74 އަހަރުގެ ހިލަރީ މަރުވެފައިވާ ކަން އަންގާފައިވަނީ އޭނާގެ ގާތް މީހަކު ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން ކޮވިޑް-19 ޖެހިގެން ހިލަރީ މަރުވެފައިވަނީ މިދިޔަ ހަފްތާ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

ހިލަރީ ވަނީ 1974 ވަނަ އަހަރު ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް އެކައިވެނި ވަނީ 1989 ވަނަ އަހަރު ރޫޅިފައެވެ. އެކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.

ހިލަރީ މަސައްކަތް ކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ދަ އޮބްލޯންގް ބޮކްސް" އާއި "ކްރައީ އޮފް ދަ ބަންޝީ" އާއި "ކްރިމިނަލް ލޯ" އަދި "އޭން އޯފުލް އެޑްވެންޗާ" ހިމެނެއެވެ.

ހިލަރީ އަކީ އެކްޓަރެސްއެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް