ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް---ފޮޓޯ: ވަން އޮންލައިން
ދޫކުރާ ލޯނަކީ ތިން މަހު އުޅޭވޭވަރުކުރަން ދޫކުރާ ލޯނެއް: ފައްޔާޒު
އިކޮނޮމިން ރިލީފް ފަންޑުގެ ދަށުން ލޯނު ދޫކުރަނީ ނޭވާލައިގެން ކައިގެން ބޮއެގެން ތިން މަހު އުޅެވޭ ވަރުކުރަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ޕެކޭޖު ތައާރަފް ކުރީ އެ ތިން މަހަކީ ނޭވާލުމުގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިލީފް ފަންޑު ތައާރަފް ކުރި އެތިން މަސް ދުވަހަކީ އެންމެ އުނދަގޫ ތިން މަސް ކަމަށް ބަލާފައި ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވާ މާލީ ދަތިތަށް ލުއި ކޮށްދިނުމުގެ ގޮތުން ސަރުކާރުން ދޫކުރާ މި ލޯންތައް ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް ރޭޓަކާއެކު އެވެ. އަދި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ދޫކުރެވޭ މި ލޯންތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދޫކުރާ ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ. އަދި މި ޕެކޭޖުގެ ދަށުން ރިސޯޓްތަކަށް ދޫކުރާ ލޯންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ބީއެމްއެލް މެދުވެރިކޮށެވެ. 

ލޯނުތައް ދޫކުރާއިރު ރިސޯޓު ނުވަތަ ވިޔަފާރީގެ ނަން-ޕާފޯމިން ނެތް ތޯ އާއި 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައި ވޭތޯ އާއި ކުރިއަށް އޮތް ތިން އަހަރު ކޭޝް ފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލައި އިސްކަންދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ޕެކޭޖުގެ ދަށުން ރިސޯޓަކަށް ދޫކުރެވޭނީ ގިނަވެގެން 7.71 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް