ads
ވިލިވަރު ކަރަންޓީން ފެސިލިޓީ--
ފިލިޕީންސް އިން އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ފިލިޕީންސް އިން އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނި ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވި މީހާއަކީ އެރިޔަދޫ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނުކޮށްފައި ހުރި މީހެކެވެ. 

މި މީހާ ކަރަންޓީން ކޮށްފައި ވަނީ ރާއްޖެއިން ބޭރުން އަންނަ އެންމެން ކަރަންޓީން ކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފިލިޕީންސް އިން އެނބުރި އައުމާއެކު އެވެ. 

މިއަދު ބައްޔަށް ޕޮޒިޓިވްވި މިމީހާއެކު މިހާތަނަށް ފަސް ދިވެއްސަކު މިވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

ރާއްޖެއިން ޖުމްލަ 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން 13 މީހަކު ބަލިން ރަނގަޅުވެ މިހާރު ވަނީ ދޫކޮށްލާފަ އެވެ. ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ދެ ފަތުރުވެރިޔަކު ޕޮޒިޓިވްވިކަން އެނގުނުއިރު މިހާރު ރާއްޖޭގައި ފަރުވާދެމުންދަނީ ބަލި ޖެހުނު ފަސް ދިވެހިންނަށް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް