ads
އާލިއާ---
އާލިއާގެ މިފޮޓޯ ނެގީ ރަންބީރުތަ؟
ބޮލީވުޑުގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފޮޓޯތައް އާންމުކޮށް ނަގައިދެނީ އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު ރަންބީރު ކަޕޫރެވެ.

އާލިއާ ސޯޝަލް މީޑިއާގައި ހިއްސާކުރާ ކޮންމެ ފޮޓޯއެއްގައި ވެސް އެފޮޓޯ ނަގައިދިނީ ރަންބީރުކަމަށް ބުނެ އެވެ. ނަމަވެސް ދާދި ފަހުން އާލިއާ ހިއްސާކުރި ފޮޓޯ ނަގައިދިނީ ކާކު ކަމެއް އޭނާ ބުނެފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ސަޕޯޓަރުން އަންނަނީ އެފޮޓޯ ނަގައިދިނީ ރަންބީރު ތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އާލިއާ ސުވާލުތަކަށް ޖަވާބު ދީފައެއް ނުވެ އެވެ.

ރަންބީރާއި އާލިއާގެ ކައިވެންޏަކީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ކައިވެންޏެވެ. އެގޮތުން މިކައިވެންޏާ ބެހޭގޮތުން ގިނަ ވާހަކަތަކެއް އަންނަނީ ފެތުރެމުންނެވެ.

އެ ކައިވެނި އޮތީ އެ ދެތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު، "ބްރަހްމަސްތުރާ" އަށް ފަހު ކަމަށް ވެ އެވެ. މި ފިލްމު ނެރެން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ. މިހެންކަމުން، އާލިއާ އާއި ރަންބީރުގެ ކައިވެނި އޮންނާނީ އެ ތާރީހަށް ފަހެވެ. 

އުމުރުން މިހާރު، 27 އަހަރުގެ އާލިއާ އާއި 37 އަހަރުގެ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މި ދެ ތަރިންގެ ގުޅުމަށް އެކަކު އަނެކަކުގެ އާއިލާއިން ވެސް ވަރަށް ރުހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް