ads
ދެ ހޮސްޕިޓަލެއް ބަންދުކޮށް ޓަސްމޭނިއާގައި 5000 މީހަކު ކަރަންޓީންނަށް
އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ޓެސްމޭނިއާގައި 5000 މީހަކު ކަރަންޓީން ކުރުމަށް ނިންމައިފި އެވެ.

ޓެސްމޭނިއާއިން ކޮވިޑް-19 ޖެހިފައިވާ މީހުންނާއި އެމީހުންނަށް ފަރުވާދެމުން އައި ދެ ހޮސްޕިޓަލެއްގެ ނަރުހުންނާއި ސްޓާފުން ބައްދަލުވެފައިވާތީ މި ދެ ހޮސްޕިޓަލް ބަންދުކުރަން ވަނީ ނިންމާފަ އެވެ. 

ނޯތު ވެސްޓް ރީޖަނަލް ހޮސްޕިޓަލާއި ބާނީގެ ނޯތު ވެސްޓް ޕްރައިވެޓް ހޮސްޕިޓަލުން 1،200 ސްޓާފުންނާއި ދެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހުންގެ އާއިލާ މީހުންނާއި، އެމީހުންނާއި ކޮންޓެކްޓް ވެފައިވާ އެންމެން ދެ ހަފްތާ ވަންދެން ކަރަންޓީން ކުރުމަށް އޮސްޓްރޭލިއާގެ ސަރުކާރުން އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޮސްޓްރޭލިއާގެ މީޑިއާ ތަކުން ބުނާ ގޮތުގައި މިއީ 5،000 އާއި ގާތް ކުރާ އަދަދެއްގެ މީހުންނެވެ.

ހޮސްޕިޓަލުގައި ތިބި ގިނަ ބަލި މީހުން ކައިރީ އެހެން ހޮސްޕިޓަލުތަކަށް ބަދަލުކޮށް ދެ ހޮސްޕިޓަލު ވެސް ޑިސްއިންފެކްޓުކޮށް ސާފު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޮސްޓްރޭލިއާގެ ނޫސްތަކުން ބުނެ އެވެ.

ޓެސްމޭނިއާ ސްޓޭޓުގެ 60 އަށް ވުރެ ގިނަ މީހުން ބަލި ޖެހިފައިވާކަން ނޭނގި ހޮސްޕިޓަލުތަކަށް ގޮސްފައިވެ އެވެ. 

އެ ސްޓޭޓުން އެކަނި ވެސް 144 މީހަކުގެ ގައިން ބަލި ފެނިފައިވެ އެވެ. އޮސްޓްރޭލިއާގައި ޖުމްލަ 6،351 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް