ads
އެމްބަސީ ކައިރީ މުޒާހަރާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާދިޔާ އާއި ޑރ. ޝަޒްރާ ދޫކޮށްލުމުން އަތޮޅުވެހިން ނުކުމެ މަޑުކޮށްލައިގެން
ޝާދިޔާ ބަންދުކުރި މައްސަލައިގެ ހައިކޯޓް ނިމުން ހިފައިގެން ޕީޖީ ސުޕްރީމް ކޯޓަށް
އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރު ކުރި ޑރ. އިޔާޒްގެ އަންހެނުން އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދު ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
Advertisement

ދައުލަތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރިއަސް އެ ކޯޓުން އަދި އެ މައްސަލަ ބަލައެއް ނުގަނެއެވެ. ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ ހަފްތާގައެވެ. ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރީ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމެވެ.

އެ މައްސަލަ ޝާދިޔާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝާދިޔާ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ކަމަށް ވިޔަސް، އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުން ސާފުނުވާ ކަމަށެވެ. އަދި ޝާދިޔާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެ ހުކުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް