ads
ޖަލަށް ތަކެތި ވައްދައިގެން މާލީ މަންފާ ހޯދި މައްސަލާގައި ދައުވާކުރާ އޮފިސަރުންގެ ޝަރީއަތުގެ ތެރެއިން
ޖަލަށް ވަގަށް އެއްޗެހި ވެއްދި މީހުން ބަންދުންދޫކޮށްލަން ދައުލަތުން އެއްބަސްވެއްޖެ
މަފުށީ ޖަލަށް ޑްރަގާއި ފޯނާއި ވައްދާ އެކަމުން މާލީ މަންފާ ހޯދި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ހަތަރު މީހަކު ބަންދުން ދޫކޮށްލަން ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވެއްޖެއެވެ.
Advertisement

މަފުށީ ޖަލަށް ޑްރަގާއި ފޯނާއި ވެއްދި ކަރެކްޝަނަލް ސާވިސްގެ ފަސް ޖަލު އޮފިސަރަކަށް ދައުލަތުންވަނީ ދައުވާކޮށްފައެވެ. 

ދައުވާކުރަން ފޮނުވި މީހުން 

  • ރ. އުނގޫފާރު، އައިވަރީހައުސް/ ޖިނާހް އަބްދުއްރަހީމް
  • ކ. މާފުށި، ބީޗްހައުސް / އަލީ ހިޝާމ
  • ހދ. ނޭކުރެންދޫ، ތަރާނާގެ / އަލީ ނާޒިމް
  • ގއ. ވިލިނގިލި، ކުއްޅަވައްގެ / މުހައްމަދު ފަތޫހު ފަތުހުﷲ
  • ނ. ލަންދޫ، ކާމިނީގެ/ އަލީ އަސްފާގު

މި މީހުންގެ ފަތޫހު ފިޔަވައި ދެން ތިބި އެންމެން އަދިވެސް ތިބީ ބަންދުގައެވެ.

ބާކީ ތިބި ހަތަރު މީހުން ބަންދުން ދޫކުރަން އެދި އެ މީހުންގެ ފަރާތުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި އެ މީހުންގެ ދިފާއީ ވަކީލުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި އެހެން މީހެއްގެ ބަންދު ކޯޓުން ޖަހާ ދިނީ ކޯޓުގެ އިހްތިސާސެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ.
އަދި ބާކީ ތިބި ހަތަރު މީހުން ވެސް ބަންދު ކޮށްފައިވަނީ އެ އުސޫލުން ކަމަށް ވާތީ ހައި ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، އެ މީހުންވެސް ބަންދުން ދޫކުރަން ވަކީލުން އެދުނެވެ.

އެ ވާހަކަތަކާއި ގުޅިގެނއލް ދައުލަތުގެ ވަކީލުންވެސް  ބުނީ ހައި ކޯޓުގެ ހުކުމަށް ރިއާޔަތް ކުރާއިރު އެ މީހުން މިހާރު ބަންދުން ދޫކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް މައްސަލާގެ ގޮތުން އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އިތުރު ޝަރުތުތަކެއް ކުރަން ދައުލަތުން އެދުނެވެ.

މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލާގައި ބަންދާ މެދު ނިންމާ ނިންމެވުން ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

ޖަލުގައި ތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި، ރިޝްވަތު ނައިގެން ފޯރުކޮށް ދެމުން ދިޔަ މައްސަލައިގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ 13 އޮފިސަރުންގެ ތެރެއިން 11 އޮފިސަރަކު ޝަރީއަތް ނިމެންދަން ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ހުރިހާ އޮފިސަރުން ހައްޔަރުކުރުމަށްފަހު، އެ މީހުން ދިރިއުޅެމުންދިޔަ ތަންތަން ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.

މި އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އެ ފައިސާ ޖަމާކޮށްފައި ވަނީ ކުދި އަދަދުތަކުންކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް