ads
ކޮވިޑް-19 މުލިއާގޭގައި ބޭއްވި ވަޒީރުންގެ މަޖިލިސް - ފޮޓޯ/ ރައީސް އޮފީސް
ކޮވިޑް-19 އާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅިގެން މަޝްވަރާކޮށްފި
ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތާއި ކުރިއަށް އޮތްތާނުގައި އަޅަން ގަސްދުކުރާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި އެވެ.

މުލިއާގޭގައި މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެކި ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާކުރެއްވި އެވެ. އަދި މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށްވެސް މެންބަރުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެ އެވެ.


އެގޮތުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ހެލްތް ޕޮރޮޓެކްޝަން އެޖެންސީއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކާއި އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންނާ ހިލޭސާބަހަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޝުކުރު އަދާކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް