ads
ފޮޓޯ: ހައްދުއްމަތި އިސްދޫ ކައުންސިލް
އަންނަ އަހަރު އާސަންދާގެ ހޭދަ ކުޑަކުރަނީ
ބޭސުގެ ކޮލިޓީއާއި ބޭސް ލިބޭ މިންވަަރަށް ބަދަލެއް އައުމަކާ ނުލާ އަންނަ އަހަރު އާސަންދާގެ ހޭދަ ކުޑަވާނެކަމަށް ފިނޭންސް މިނިސްޓްރީންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.
Advertisement

ޑެޕިއުޓީ މިނިސްޓަރު ސާއިދު ދައުލަތުގެ މީޑިއާ އަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އާސަންދައަކީ ދިވެހި ރައްޔިތުންނަށް ބޭސް ފަރުވާ އާއި ހިދުމަތް ލިބިގަންނަން އޮންނަ އިންޝޫރަންސް ނިޒާމެއް ކަމަށެވެ. އެގޮތުން ދައުލަތުން ސިއްހީ ފަރުވާއާއި ބޭހުގެ ކަންކަން ފޯރުކޮށްދެނީ މައިގަނޑު 2 ގޮތަކަށް ކަން ފާހަގަކޮށް ޑެޕިއުޓީ ސާއިދު ވިދާޅުވީ އެއީ ސަރުކާރުން ހިންގާ ހޮސްޕިޓަލުތައް، އެ ހޮަސްޕިޓާތައް ހިންގަނީ ބަޖެޓުން ހަރަދުކޮށްގެން ކަމަށެވެ. އަދި ބަޖެޓުން ހަރަދުކުރާނީ ދިވެހި ރައްޔިތުނަށް ލިބޭ އާމްދަނީގެ ތެރެއިން ކަަމަށާއި އޭގެ އިތުރުން ފާމަސީތަކާއި ކްލިނިކްތަށް ހުންނަ ކަަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

އެ ނިޒާމު މިވަގުތު އޮތްގޮތުން ދައުލަތުގެ ހޮސްޕިޓާތަކުން ހުރިހާ ހިދުމަތެއް ނުލިބޭ ކަމަށާއި ރާއްޖޭއިން ވެސް ރައްޔިތުނަށް ކޮންމެހެން ލިބެން ޖެހޭ ބޭސް ފަރުވާ އެކީގައިނުލިބޭ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނަތީޖާއަކަށް ވަނީ ރާއްޖެއިން ބޭރަށްވެސް ބޭސް ފަރުވާއަށް ދާން ޖެހުން ކަމަށް ސާއިދު ވިދާޅުވިއެވެ.

"އޭގައި މުހިއްމި ކަމަކީ ނިޒާމް އެ ބޭނުން ކުރެވިގެން ދަނީ ރައްޔިތުންގެ ފައިސާއިން ކުރަންވާ ހަރަދަކަށް ވާތީ، އެއޫ އެންމެ އިންސާފުވެރިގޮތަށްތޯ، އެއްވެސް ހާލެއްގައި ސިއްހީ ހިދުމަތަށް ބޭނުން ޖެހިފައި ވާ ފަރާތެއް އެކަހެރިގޮތަށް ނިޒާމަމަށް ބަދަލެެއް އައުމަކީ، އެއްވެސް ފަރާތެއް އެކަމާ ވާކާލާތު ކުރާނެ ކަމެއް ނޫން ، އެހެން ވެގެންވެސް ނުވާނެ" ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ސާއިދު ވިދާޅުވިއެވެ.

އާސަންދައިގެ ހަރަދަށް ބަލާލާއިރުގައި އާސަންދައިގެ 2.2، 2.3 މިލިއަން ރުފިޔާ ފާއިތުވި އަހަރު ހިނގާފައި ހުރި ކަމަށާއި އޭގެތެރެއިން 1.6 ބިލިއަން ރުފިޔާ އެއީ ބޭހުގެ ހަރަދު ކަމަަށް ޑެޕިއުޓީ ސާއިދު ވިދާލުވިއެވެ.

ބޭހުގެ ހަރަދު ބޮޑުކަމުން ސަރުކާރުން މިހާރު  ވާނީ ބަލްކް ޕްރޮކިއުމަންޓް އޮޕްރޭޝަނަލައިޒްކޮށް، ޝިޕްމަންޓްތަކެއް ގެނެއްސަ ކަަމަށާއި  އެ މަސަކަތް މިހާރު ދަނީ ކުރިއަށް ކަމަށް ޑެޕިއުޓީ މިނިސްޓަރު ސާއިދު ވިދާޅުވިއެވެ.

"އޭގެ ތެރެއިން ބޭހުގެ ހަރަދު 60 އިންސައްތައިން ކުޑަކުރެވޭ، މިކަމަކީ ފާއިތުވި ސަރުކާރުގައިވެސް ފައްޓާފައިވާކަަމެއް، ނަަމަވެސްސް ކޮންމެވެސް ސަބަބުތަކާ ހުރެ އޮޕަރޭޝަނަލައިޒް ނުކުރެވިފައި ހުރި ކަމެއް ، އަދުގެ ސަރުކާރު މިވަނީ ހަރަދުކުރުމަށްޓަކައި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ބޭސް ފޯރުކޮށްދިނުމަށް މިނިންމުން ނިންމާ މިކަންތައްތައް ކުރިއަށް ގެންދަން ނިންމާފައި ، އެކަންތައްތައް އެބަދޭ ކުރިއަށް" ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސާއިދު ވިދާޅުވިއެވެ.

ކުރިއަށް އޮތްތާގައި އެހިދުމަތް ފުޅާވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށައި  މިއީ އާސަންދައަށް ކުރާ ހަރަދު އެންމެ ބޮޑުތަނުން ކުޑަކުރެވޭނެ އެއް ޕޮލިސީ ކަމަށް ސާއިދު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ރައީސް ޑރ.މުއިއްޒު ވަނީ ކެބިނެޓްގައި ބޭހުގެ އަގު ވަކި ވަރެއްގައި ކޮންޓްރޯލް ކުރަން ނިންމަވާފައިކަމަށައި  އެއާ އެކީވެސް ހަރަދުން ސޭވިންގްތަކެއް ލިބިގެންދާނެ ކަމަށް ސާއިދު ވިދާޅުވިއެވެ.

"2025 ގައި ފުލީ އޮޕަރޭޝަނަަލއިޒް ވުމާ އެކީގަިއ އާސަންދައަށް ކުރާ ހޭދަ އޭގެ ނަތީޖާއާ ނޭދެވޭ އަސަރަކާ ނުލާ ކުޑަ ކުރެވިގެންދާނެ" ފިނޭންސް ޑެޕިއުޓީ ސާއިދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ލިބޭ ބޭސް ކޮލިޓީއާއި، ލިބޭ މިންވަރަށް މިކަންކަމަށް ބަދަލުވުމެއް އައުމާ ނުލާ ވަރަށް ބޮޑެތި ފައިދާގައި އެތައް ފަރާތެއް ގަނެ ވިއްކާގެން ސަރުކާރުން، ރައްޔިތުންނަށް ފޮރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށާއި  އެކަންކަމަށް ވަނީ  އެޓެންޑްވެވިފައި ކަމަަށް ސާއިދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް