ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާން
ކޮވިޑާ ގުޅިގެން ބަންދު ކުރި ފަހުން ހައިކޯޓުގެ ފުރަތަމަ ޝަރިއަތް މާދަމާ
Share
ކޮވިޑާ ގުޅިގެން ސަރުކާރު ބަންދު ކުރި ފަހުން ހައިކޯޓުން ބާއްވާ ފުރަތަމަ މައްސަލަ މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ. ހައިކޯޓުގައި މި މައްސަލަ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު ދިހަގަޑި ތިރީހުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
Advertisement

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ބަންދު ކުރި ފަހުން ބާއްވާ ފުރަތަމަ ޝަރީޢަތް މާދަމާ ހައިކޯޓުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވާނީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނެވެ. ޝުޖާޢު އުޘްމާނަކީ، ރައީސް ޔާމީނުގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ތޭރަ އަހަރުގެ ޖަލު ހުކުމެއް ކުރުމަށް ފަހު ކުއްލި ގޮތަކަށް ހައިކޯޓަށް ޕްރޮމޯޓުވި ފަނޑިޔާރެކެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޝުޖާޢު އުޘްމާނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވީ ނަމަވެސް އެއިން އެއްވެސް މައްސަލައަކާ ގުޅިގެން މިހާތަނަށް ޝުޖާޢު އުޘްމާނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ، ޝުޖާޢު އުޘްމާނުގެ މައްސަލަތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކެމްޕެއިން ކުރެއްވި މައްސަލައެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

your imageރިޔާސީ ކެމްޕެއިންގައި ރައީސް ޔާމީނުގެ އަރިހުގައި ޝުޖާޢު އުޘްމާން

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނުގެ ގިނަ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާއިރު، ހައިކޯޓުގައި ހިނގަމުންދާ ފައިސާގެ ބޮޑެތި މައްސަލަތަކެއް ޝުޖާޢު އުޘްމާނު ރިޔާސަތުގައި އިންނަވައިގެން ބަލައެވެ. ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގައި އެ މަނިކުފާނުގެ އެކައުންޓް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރީވެސް ޝުޖާޢު އުޘްމާނު އެ މައްސަލަ ބަލަމުން ދިޔަ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރައްވާ، އަމިއްލަފުޅަށް ބެންޗުގައި ހިމެނިވަޑައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް