ads
އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ދޭ ފެންގަނޑު -- ފޮޓޯ: ޓްވިޓާ
ފެންގަނޑެއްގެ ތެރޭގައި ކުރާ ކަސްރަތެއް އައިޖީއެމްއެޗުން ފަށައިފި
އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިއަދު ފަށައިފި އެވެ.
އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިއަދު ފަށައިފި އެވެ.

އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތަކީ 35 ޑިގްރީގެ ހޫނުމިން ހުންނަ ފެންގަނޑެއްގައި ކުރާ ކަސަރަތެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ކަސްރަތަކީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސް ފަށަލަތަކަށް ދޫ ޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

މި ހިދުމަތް ލިބޭނީ ޑޮކްޓަރަކަށް ދެއްކުމަށްފަހު ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދާގެ ދަށުން ބަލި މީހާގެ ހާލަތަށް ބެލުމަށްފަހު ފިޒިއޮތެރަޕީގެ ބޭނުންޖެހޭ ކަމަށް ފެންނަ މީހުންނަށް އެކަނި ކަމަށްވެސް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެެ.

ހައިޑްރޯތެރަޕީގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޑޮކްޓަރުން ސިފަކުރެ އެވެ.

ރާއްޖޭގައި މުޅިން އަލަށް މިހިދުމަތް ފެށިއިރު، މިއީ ސިއްހީ ފަރުވާގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުން ވެސް ނުލިބޭ ޚިދުމަތެކަން ޑޮކްޓަރުން ފާހަގަކުރައްވަ އެވެ.

މިދުމަތް ދެނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް